ކައުންސިލްތަކަށް ގޮންޖައްސަވައި މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރީ އެ ނިޒާމު ޗެމްޕިއަންކުރަން ކަމަށް

ރައީސް މުހައްމަދު މުއިއްޒު: ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެނައީ ކުދި ވިޔަފާރިތައް ހިމާޔަތްކޮށް ރައްޔިތުން ބާރުވެރި ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒު: ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެނައީ ކުދި ވިޔަފާރިތައް ހިމާޔަތްކޮށް ރައްޔިތުން ބާރުވެރި ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި

ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބިލާއި ގުޅިގެން ކައުންސިލްތަކުގެ ކަންބޮޑުވުންތަކަށް ގޮންޖައްސަވައި، އެ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަންކުރަން ގެނައި އިސްލާހުތަކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ބ. ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެނައީ ކުދި ވިޔަފާރިތައް ހިމާޔަތްކޮށް ރައްޔިތުން ބާރުވެރި ކުރުމުގެ ނިޔަތުގައި ރަނގަޅު އިސްލާހުތަކެއް ކަމަށެވެ.

"މީގައި ކޮބައިތޯ ރައްޔިތުން ބާރުވެރިކުރުން ނޫން ކަމެއް. ޗެކް އެންޑް ބެލެންސް ގެނައުން ނޫން ކަމެއް. ގުޑް ގަވަނަންސް ނޫން ކަމެއް. އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތް ކުރުން ނޫން ކަމެއް އަޅުގަނޑުމެން މި އިސްލާހުގެ ތެރެއަށް ގެނެސްފައި. ނެތް، މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ މިއީ ލޯކަލް ގަވަމަންޓްސް ނިޒާމު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް."

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ދިފާއު ކުރައްވައި ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި އިސްލާހުގައި ކައުންސިލްތަކުގެ ބާރު ހަނި ނުކުރާ ކަމަށެވެ.

"ކޮބައިތޯ މީގައި ކައުންސިލެއްގެ ބާރު، ރައްޔިތުންގެ ބާރު ނޫން ގޮތަކަށް ކައުންސިލެއްގެ ބާރު ހަނިކޮށްފައި. ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ވަރަށް ބަލައިގަންނަ އަދި އަލިފުން ޔާއަށް އެނގޭ ނިޒާމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމު ވެސް ފުރުއްވި ކަމަށެވެ. މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ތާއީދު ވެސް ކުރައްވާ ކަމަށެވެ.

މި ސަރުކާރުން ކައުންސިލްތަކަށް ގެނައި އިސްލާހުތަކަކީ ގޯސް އިސްލާހު ކަމަށް ބަޔަކު ލޭބަލް ކުރަމުންދާ ކަމަށާއި އެކަމަކު އެ އިސްލާހުތަކަކީ އެ ނިޒާމުގެ ތަރައްގީއަށް ގެނައި އިސްލާހުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް. ބައެއް ބޭފުޅުން ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ މިގެންނަ އިސްލާހުތައް ލާމަރުކަޒީ ނިޒާމަށް އެބަ ލޭބަލްކުރޭ އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން:

  • ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކަންމަތީ ފިހާރަ ކަހަލަ އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތަކަށް ވަންނަ ކަމަށް.
  • ކައުންސިލްތަކުން ވިޔަފާރި ކުރީމަ އާންމު ރައްޔިތުންގެ މުއްސަނދި ކަމަށް ހުރަސްއެޅޭ ކަމަށް.
  • ކައުންސިލްތަކަށް 10 މިލިއަނަށްވުރެ ބޮޑު ވިޔަފާރި މެނުވީ ނުކުރެވޭ ކަމަށް ހެދީ ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމަށް.
  • ކައުންސިލްތަކުން އާންމު ހިދުމަތަށް ދޫކުރާ ބިމަށް ކުލި ނުނެގޭ ގޮތް ހެދުމުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގުހެޔޮވާނެ ކަމަށް.

ނަމަވެސް ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން ބ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގައި ބައެއް ކައުންސިލްތަކުގެ ރައީސުން ވަނީ އެމަނިކުފާނު ހުންނެވި ޖަލްސާގައި ލާމަރުކަޒީ އިސްލާހާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox