އެޗްއާރްސީއެމަށް ވެސް ކުރީގެ ސިފައިންގެ މީހަކު އައްޔަނުކުރަނީ

އެޗްއާރްސީއެމަށް ވެސް ކުރީގެ ސިފައިންގެ މީހަކު އައްޔަނުކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ވެސް ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅަކު އައްޔަނު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ މަޖިލީހަށް މުއިއްޒު ފޮނުއްވި ދެ ނަމުގެ ތެރޭގައި ހިމެނޭ ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅަކީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އެވެ.

ފާރިސް ތޯހާ ވަނީ ސިފައިންގެ ދަށުން ކުރިން ހިންގަމުންދިޔަ ފުލުހުންގެ މުއައްސަސާގައި 1992 ވަނަ އަހަރުން ފެށިގެން 1997 ގެ ނިޔަލަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ގެ މަގާމު އަދާކުރައްވައިފަ އެވެ.

މީގެއިތުރުން 1997 އިން ފެށިގެން 2004 ގެ ނިޔަަލަށް ސިފައިންގޭގައި އިންސްޓްރަކްޓާ ވެޕަންސް އޮފިސަރެއްގެ ގޮތުގައި ތޯހާ ފާރިސް މަސައްކަތް ކުރެއްވި އެވެ.

އޭނާ ސިފައިންގެއިން ވަކިވެ މޯލްޑިވްސް މެރިން ކޮންޓްރެކްޓިން ކޮމްޕެނީ އަދި ސަންޓްރެވަލްސް އެންޑް ޓުއާސްގައި މަސައްކަތް ކުރެއްވި އެވެ. އެއަށްފަހު އިނގިރޭސިވިލާތުގައި ވެސް އެކި ވަޒީފާތައް އަދާކުރައްވާފައިވެ އެވެ.

މި ސަރުކާރުގައި އެސްއޯއީތަކުގެ ވެރިންނަށް ސިފައިންނާއި ފުލުހުންގެ ކުރީގެ އިސްވެރިން އައްޔަން ކޮށްފައިވާތީ އެކަމަށް އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެސްއޯއީތަކުގެ ވެރިންނަށް ތިއްބަވާ ކުރީގެ ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިމެނެނީ ފެނަކައިގެ އެމްޑީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު، އެޗްޑީސީގެ އެމްޑީ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު، އެމްޓީސީސީ ސީއީއޯ، ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހްމަދު ސައުދީ އެވެ.

މީގެއިތުރުން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހަމަޖައްސާފައި ވަނީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އެވެ.

އެޗްއާރްސީއެމްއަށް މިހާރު އައްޔަން ކުރަން މަސައްކަތް ކުރާ ތޯހާ ވަނީ، ވިލާ ކޮލެޖުން ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި އޭނާ ވަނީ ޔޫތު މިނިސްޓްރީގައި މީގެ ކުރިން އެކްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމު އަދާކުރުމުގެ އިތުރުން ނެޝަނަލް ސެންޓާ ފޯ ދަ އާޓްސްގެ ހެޑްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

އެޗްއާރްސީއެމަށް އައްޔަނުކުރަން ފާރިސް ތޯހާގެ އިތުރުން ދެން މުއިއްޒު ހުށަހެޅުއްވީ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ބޭފުޅެއްގެ ނަމެއް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެ ދެ ބޭފުޅުންގެ ނަން ތަޅުމުގައި އިއްޔެ އިއްވުމަށްފަހު، އެ ނަންތައް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމަށް ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން ހުޅުވާލި އެވެ. ފުރަތަމަ ހުޅުވާލީ ޖޫން 24، ގަ އެވެ. ދެވަނަ ފަހަރަށް އަލުން މެންބަރުން ކަމަށް ކުރިމަތިލާން ޖުލައި 16، ގައި ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޖޫން 24، ގައި ހުޅުވާލުމުން ބައެއް ބޭފުޅުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި އެޗްއާރްސީއެމްގެ ކުރީގެ މެންބަރަކާއި މިހާރުގެ މެންބަރެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox