މިދިޔަ 26 އަހަރު ތެރޭގައި މަސްވެރިކަން އެންމެ ދަށްވީ މިދިޔަ އަހަރު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް ކޮންމެ އަހަރަކު އެވްރެޖުކޮށް 140،000 ޓަނުގެ މަސް ބޭނި އެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު މަސްވެރިކަން އެންމެ ބޮޑަށް ރަނގަޅުވެފައި ވަނީ 2005 ވަނަ އަހަރެވެ. އެ އަހަރު 185،000 ޓަނުގެ މަސް ބާނާފައިވެ އެވެ. އެއާ ޖެހިގެން 2006 ވަނަ އަހަރު 184،000 ޓަނުގެ ބަސް ބޭނި އެވެ. އެއީ މިދިޔަ 26 އަހަރުގެ ތެރޭގައި މަސްވެރިކަން ދެ ވަނައަށް އެންމެ ރަނގަޅު އަހަރެވެ.
މަސްވެރިކަން އިންތިހާއަށް ދަށްވެފައި މި ވަނީ މިފްކޯއަށް މަސް ގަންނަ އަގު ސަރުކާރުން ވަރަށް ބޮޑަށް ދަށް ކުރި ފަހުންނެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު އުޅުނީ 25ރ. ގަ އެވެ. އެކަމަކު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް މިހާރު ގަންނަނީ 16ރ. އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.
މަހުގެ އަގު ސަރުކާރުން ދަށް ކުރި ނަމަވެސް ކިލޯއެއް 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
titledesc












