ސަރުކާރު އޮފީސްތަކާއި އެސްއޯއީތަކުން ކަރަންޓު ބިލަށް ނުދައްކާ ފައިސާ 661 މިލިއަން ރުފިޔާއަށް އަރާ

Aug 11, 2025, 3:10 AM
ރައީސް އޮފީސް: މާލެއިން ކަރަންޓު ކެނޑެނީ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ -- ފޮޓޯ: އަދަދު ފައިލް

ރައީސް އޮފީސް: މާލެއިން ކަރަންޓު ކެނޑެނީ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ -- ފޮޓޯ: އަދަދު ފައިލް

ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަރަންޓު ބިލަށް ދައްކަންޖެހި ނުދައްކާވާ ފައިސާ 661 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެފި އެވެ.

އަދަދު އާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނީ ސަރުކާރު އޮފީސްތަކާއި އެސްއޯއީތަކުން ނުދައްކާ ހުރި ބިލުތަކަށް 661,609,624 ރުފިޔާ އަރާފައިވާ ކަމަށެވެ. ބައެއް އެސްއޯއީތަކުން މިލިއަނުން ސްޓެލްކޯއަށް ފައިސާ ދައްކަންޖެހިފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާ ހިމެނެ އެވެ.

ބިލަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، ސަރުކާރުން ސްޓެލްކޯއަށް ދޭންޖެހޭ ސަބްސިޑީ ފައިސާ ވެސް ނުދޭ ކަމަށްވެ އެވެ. އެކެމަކު، ސްޓެލްކޯއިން އާންމުންނަށް ބިލު ކުރަނީ ސަބްސިޑީ ރޭޓެއްގަ އެވެ. އޭގެ ސަބަބުން ވެސް ސްޓެލްކޯއަށް ބޮޑެތި ގެއްލުންތަކެއްވެ އެވެ.

ސަރުކާރުން ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ 661 މިލިއަން ރުފިޔާއަށް އެރި އިރު، މާލެ ސަރަހައްދުން މިފަހުން ކަރަންޓު ކެނޑެން ދިމާވާ މައިގަނޑު ސަބަބަކީ ވެސް ފައިސާގެ މައްސަލަ އެވެ. ކަރަންޓު ކެނޑެނީ ސްޓެލްކޯގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅިގެންނެވެ.

ޓޭންކުތަކަށް މިހާރު ތެޔޮ އަޅަނީ ދުވަހުން ދުވަހަށް، އެ ދުވަހަކަށް ބޭނުންވާ މިންވަރެއްގެ ތެލެވެ. އެހެންވެ، ތެލުގައި ހުންނަ ކުނޑިތައް ޓޭންކުގެ ފުލުގައި ހަމަޖެހިލުމަށް ވަގުތެއް ނުލިބެ އެވެ. އޭގެ ސަބަބުން، ކުނޑިތައް ފިލްޓަރަށް ޖަމާވެ، ޖަނަރޭޓަރުތަކާ ހަމައަށް ތެޔޮ ދިޔުން މެދުކެނޑެ އެވެ.

ޖޫން 1، އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެސް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔައީ ފިލްޓަރުތައް ބްލޮކުވުމުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ޔަގީންކޮށްދެ އެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ޖޫން 1، ގައި ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު އޮތީ އަންގަވައިފަ އެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނީ އެ މައްސަލައިގައި އަދި އެއްކުރެވުނީ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތުތައް އެކަނި ކަމަށެވެ.

"2025 ޖޫން 1 ވަނަ ދުވަހު ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައި. އަދި މި މައުލޫމާތައް ބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަހުގީގު ކުރަމުން،" އެ މެސެޖުގައި ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox