މުއިއްޒު މާދަމާ ބ. އަތޮޅަށް ވަޑައިގަންނަވަނީ

ނ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން: މާދަމާ ބ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ރައީސް އޮފީސް

ނ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން: މާދަމާ ބ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު މާދަމާ ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެކި މަސްދަރުތަކުން އަދަދު އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މުއިއްޒު ބ. އަތޮޅަށް މާދަމާ ފަށްޓަވާ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބ. އަތޮޅުގެ ރަށްރަށުން އަންނަނީ މުއިއްޒުއަށް މަރުހަބާ ކިޔުމަށް އެ ރަށްތައް ޒީނަތްތެރިކޮށް، އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންނެވެ.

މި ދަތުރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މުއިއްޒު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މުއިއްޒު އެންމެ ފަހުން އަތޮޅުތަކަށް ކުރައްވާ ދަތުރުގައި ވަޑައިގެންނެވީ ޖުލައި 21، ގައި ނ. އަތޮޅަށެވެ. މިގޮތުން ނ. އަތޮޅުގެ 13 ރަށަކަށް މުއިއްޒު ވަޑައިގަތެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅުގައި މުއިއްޒު ރަށްރަށަށް ސަރުކާރުގެ ހަރަދުގައި ވަޑައިގަންނަވާތީ އެކަމާ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރު ވެސް މުއިއްޒު ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox