ރައީސް އޮފީހަށް ބޭނުންވާ މާ ފޯރުކޮށްދިނުމުގެ އިއުލާން ބާތިލުކޮށްފި

ރައީސް އޮފީހަށް ބޭނުންވާ މާ ފޯރުކޮށްދިނުމުގެ އިއުލާން ބާތިލުކޮށްފި

ރައީސް އޮފީހުގެ ހާއްސަ ބޭނުންތަކަށް ގެންނަން ބޭނުންވާ މަލުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާން އެ އޮފީހުން ބާތިލުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ޖުލައި 15، ގައި އެ އޮފީހުން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތުން ހާޒިރުވެފައި ނުވާތީ، އެ އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން އިއުލާންކުރީ އެ އޮފީހަށް ބޭނުންވާ މަލުގެ އިންތިޒާމުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ހަމަޖައްސައިދޭނެ ބަޔަކު ހޯދުމަށެވެ.

މަލުގެ އިންތިޒާމުގެ އަދަދާއި ގެންނަން ޖެހޭ ދުވަސްތައް:

  • މަލުގެ އިންތިޒާމު ހުންނަންވާނީ ތިރިކޮށް، އޯވަލް ޝޭޕަށް.
  • މަލުގެ އިންތިޒާމު ތައްޔާރު ކުރަންވާނީ ތިން ދުވަހަށް މޯޅިނުވެ ހުންނަގޮތަށް ތާޒާ ރީތި މަލުން.
  • މަލުގެ އިންތިޒާމެއްގެ ދިގުމިނަކީ 18 އިންޗި. މިތަކެތި ގެންނަންވާނީ ކޮންމެ ހަފްތާއަކު ދެ ދުވަހު (ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު) ހަވީރު 4:00 އަށް.
  • ކޮންމެ ދުވަހަކުވެސް ގެންނާނީ، މަލުގެ ހަ އިންތިޒާމު.
  • އެއްވެސް ސަބަބަކާހުރެ މާ ގެންނަން ޖެހޭ ދުވަހަށް ނުގެނެވިއްޖެނަމަ، ނުވަތަ ގެންނަން ޖެހޭ މަލުގެ އިންތިޒާމުގެ އަދަދު ބަދަލު ކުރަން ޖެހޭނަމަ އެކަން ރައީސް އޮފީހަށް އަންގަން ޖެހޭ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox