ފަލަސްތީނަށް ސަޕޯޓްކޮށް އުފާފާޅުކުރި ލަންކާ ކުޅުންތެރިޔާ 2000 ޑޮލަރުން ޖޫރިމަނާ

Aug 5, 2025, 8:18 AM
ފަލަސްތީނަށް ސަޕޯޓްކޮށް އުފާފާޅުކުރި ލަންކާ ކުޅުންތެރިޔާ 2000 ޑޮލަރުން ޖޫރިމަނާ

ކޮލަމްބޯ، ސްރީ ލަންކާ (އޮގަސްޓް 5) - ފަލަސްތީނަށް ސަޕޯޓްކޮށް އުފާފާޅުކުރި ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ، މުހައްމަދު ތިލްހާމް، 2000 ޑޮލަރުން ޖޫރިމަނާ ކުރަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ.

މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު، ލަންކާ އިން ކޮލަމްބޯގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، 19 އަހަރުގެ ތިލްހާމް އުފާފާޅުކުރިއިރު، ޖޯޒީގެ ދަށުން ލައިގެން ހުރި ޓީޝާޓެއް ދައްކާލިއިރު، އޭގައި ހިތެއް ކުރަހާފައި، ލިޔެފައިވަނީ، "ޕްރޭ ފޯ ފްރީ ފަލަސްތީނު" މިހެނެވެ.

މިކަމާ ގުޅިގެން، އޭއެފްސީގެ ގަވާއިދުގެ ތެރެއިން މައްސަލަ ބަލައި، ތިލްހާމަށް ބޮޑު ޖޫރިމަނާއެއް އައުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް، އޭއެފްސީއާ މަޝްވަރާކޮށް، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ލުއި އަދަބަކުން، ތިލްހާމްގެ މައްސަލަ ނިންމާލަން އެއްބަސްވުމަކަށް އަތުވެފަ އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ތިލްހާމަށް ދީފައި އޮތީ އެއް މަހުގެ މުހުލަތެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ދެމުން އަންނަ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް، އެކި ޓީމުތަކުންނާއި ވަކިވަކި ކުޅުންތެރިން ޝުއޫރުފާޅުކުރުމުން، އެކި އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކުން ފިޔަވަޅު އަޅައިފައި އެބަހުއްޓެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު، ފަލަސްތީނު އެފްއޭ އިން ވަނީ އިޒްރޭލް ސަސްޕެންޑް ކުރަން ފީފާ އަށް ހުށަހަޅައިފަ އެވެ. މިދިޔަ އަހަރު، ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ ފީފާ ކޮންގްރެސްގައި، ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުން އިޒްރޭލު ސަސްޕެންޑް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ތާއީދުކޮށްފަ އެވެ.

ފީފާ އިން އަންނަނީ އިސްރޭލާ މެދު ފިޔަވަޅު އެޅުމުގެ ކުރިން ގާނޫނީ ލަފާ ހޯދަން ޖެހޭ ކަަމަށް ބުނެ، އެކަމަށް ވަގުތުތަކެއް ނަގަމުންނެވެ. ގިނަ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި މިއީ، ފީފާ އިން ގަސްދުގައި މި ކަމަށް ފިޔަވަޅެއް ނާޅައި، ކުރިއަށްދާން ބޭނުންކުރާ އުކުޅެކެވެ.

އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ މި ކަމުގައި ފީފާ އިން ރަނގަޅަށް ވިސްނާފައި ކަންކަން ނިންމަން ޖެހޭ ކަމަށް ބުނެފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox