ޑިޔު ޕްރޮސެސް ނައްތާލުން؛ ދީނީ ގޮތުން ނުރައްކާތެރި

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އިސްލާމީ ތާރީހު ދުށް ފިޤުހީ ގޮތުން މުއްސަނދި ބޭބޭކަލުންގެ ތެރެއިން އަލްއިމާމް އަލްޤާޟީ އަބޫ ޔޫސުފްގެ ހާދިސާއެއް ވިދާޅުވާށެވެ. އެ ވާހަކައިގެ ކުރިން އަބޫ ޔޫސުފަކީ ކޮން ބޭކަލެއްކަން ވެސް ދެތިން ޖުމުލައަކުން ބުނެލާދޭނަމެވެ. އިސްލާމީ ގޯލްޑަން އޭޖްގައި ޚަލީފާކަން ކުރެއްވި ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި އުއްތަމަ ފަނޑިޔާރުގެ މަގާމު އިސްލާމީ ވެރިކަމުގައި އަލަށް އުފެއްދެވިއެވެ. ފަނޑިޔާރުންގެ ބޮޑު ފަނޑިޔާރު ނުވަތަ މިޒަމާނުގެ ބަހުރުވައިން އުއްތަމަ ފަނޑިޔާރު މަނިކުފާނުކަމުގައި އިސްލާމީ ތާރީހުގައި އެންމެ ފުރަތަމަ މަގާމެއްގެ ގޮތުގައި ހައްދަވައި އައްޔަންކުރެއްވުނީ މި އަލްޤާޟީ އަބޫޔޫސުފެވެ. އަބޫ ޔޫސުފަކީ ހަނަފީ މަޒުހަބުގެ އިމާމެކެވެ. ހަނަފީ މަޒުހަބުގެ ބޮޑު އިމާމް އަބޫ ހަފީނާގެ އެންމެ އިސް އެއް ދަރިވަރެވެ.

ޚަލީފާ ހަރޫނުއްރަޝީދަށް އެއް ދުވަހަކު ފެނިވަޑައިގަތީ އަމިއްލަ ދަރިކަލަކު ޒިނޭގެ ފާހިޝް އަމަލު ގެނެސްގަންނަނިކޮށެވެ. އެކަމަކު މި މަންޒަރެއް ފެނިވަޑައިގަތީ ހަމައެކަނި ޚަލީފާއަށެވެ. ކޮންމެ އަކަސް މިކަމާ ޚަލީފާ ހައްދަވަންވީ ގޮތަކާމެދު ވަރަށް ފުންކޮށް ނަޒަރުކުރައްވާފައި ދަރުބާރު އެއްކުރައްވައި ވިދާޅު ބަސްފުޅު އިއްވެވީ، އިސްލާމީ ފިޤުހުގެ މޮޅު ދަންނަބޭކަލަކު ދައްކަވައިދެއްވުމަށެވެ. ދަރުބާރުގެ ތެރެއިން މީހަކު ވަރަށް ބޮޑު އިލްމުވެރިއެއް ތިމަން ދަންނަ ކަމުގައި ބުނެ އަބޫ ޔޫސުފް އެ ދަރުބާރަށް ހާޒިރުކުރެއްވިއެވެ.

އަބޫ ޔޫސުފް ހާޒިރުވެވަޑައިގަތުމުން ޚަލީފާ ހާރޫނުއްރަޝީދު ސުވާލުކުރެއްވިއެވެ. ވެރިއަކަށް ހުންނަ މީހާއަށް މީހަކު ޒިނޭކުރަނިކޮށް ފެނިއްޖެނަމަ، އެކަން ކުރަން ތިބި ބައެއްގެ ގައިގައި ހައްދު ޖެހިދާނެތޯއެވެ؟ އެހިނދު އަބޫ ޔޫސުފް ފަތުވާދެއްވިއެވެ. ނުޖެހޭނެއެވެ. ހައްދު ގާއިމްކުރެވޭނީ، ހަތަރު ހެކިންގެ ލޮލަށް ފެނިގެން ނުވަތަ އެކަން ކުރި މީހަކު އިއުތިރާފުވެގެންނެވެ. އަބޫ ޔޫސުފްގެ މިފަތުވާ ވެގެންދިޔައީ ޚަލީފާ ހާރޫނުއްރަޝީދަށް އަބޫ ޔޫސުފްއާމެދު ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެންދިޔަ ކަމެއްކަމަށެވެ.

Advertisement

ފަހަރުގައި މީހަކު ހީކޮށްފާނެއެވެ. ކަމުދާނެތާއެވެ! އަބޫ ޔޫސުފް ފަތުވާ ދެއްވި ގޮތުން ޚަލީފާގެ ދަރިކަލުން ސަލާމަތްވީވިއްޔާއެވެ؟ ނޫނެކެވެ. ޚަލީފާގެ ދަރިކަލުން ޒިނޭކުރިކަން އެނގެވަޑައިގެންނެވީ ޚަލީފާއަށް އެކަންޏެވެ. ދަރިކަލުން ސަލާމަތްކުރަން ބޭނުންފުޅުނަމަ ހަމަ އެއްވެސް ކަމެއް ނުކޮށް މަޑުމަޑުން ހުންނެވީމާ ވެސް ސަލާމަތްވީއެވެ. އެކަމަކު އޭރުގެ އިސްލާމީ ވެރިންނަކީ ނަމެއްގައި އިސްލާމީ ވެރިންނެއް ނޫނެވެ.

ޚަލީފާ ބޭނުންފުޅުވީ ހައްދު ގާއިމްކުރައްވާށެވެ! އެކަމަކު ދިމާވި މައްސަލައަކީ، ތިމަން މަނިކުފާނަށް ދަރިފުޅު ޒިނޭކުރަނިކޮށް ފެނިއްޖެޔޭ އެހެންވެގެން ހައްދު ގާއިމުރީއޭ ވިދާޅުވެ ހައްދު ގާއިމުކުރީމާ، ވާނެ ގޮތް ޚަލީފާއަށް އެނގިވަޑައިގަންނަވަނީއެވެ. އަދި އިސްލާމްދީނުގައި ކަމެއްގައި މީހަކަށް އަދަބެއް ދޭނަމަ ނުވަތަ މީހަކާމެދު ފިޔަވަޅެއް އަޅާނަމަ ހެކި ގަރީނާ ހުންނަން ޖެހެނީ ކަމުގެ އިޖުރާއަތްތަކާ އެއްގޮތަށްކަމާއި އެކަމުގެ ހިކުމަތަކީ ކޮބައިކަން ޚަލީފާއަށް ރަނގަޅަށް އެނގިވަޑައިގަންނަވަނީއެވެ!

އެހެންނާ ޚަލީފާއަކީ ހައްދު ގާއިމުކުރުމަށް ހުންނެވި ފަރާތެވެ. ޚަލީފާގެ އަރިހުގައި ހަތަރު ހެކިންގެ ހެކިބަހުން ކަމެއް ސާބިތުވުމުން ކަމެއް ޔަގީންވާނެ ވަރަށްވުރެ ބޮޑަށް އަމިއްލަފުޅު ދެލޮލަށް ފެނިވަޑައިގަތުމުން ކަމެއް ޔަގީން ނުވާނެތޯއެވެ؟ އެކަމަކު އެ ޔަގީންކަމުގެ މައްޗަށް ހައްދު ގާއިމުކުރީމާ ވާ ގޮތަކީ އެކަން އެހިނގީ އިންސާފުވެރިކޮށްކަން ރައްޔިތުންނަށް ގަބޫލުނުކުރެވޭނީއެވެ. ރައްޔިތުން އޭރަށް ބަލާނީ ޚަލީފާ ހިތްޕުޅަށް އެރީމާ ހަމަ ކޮންމެ ކަމެއް ވެސް ކުރައްވަނީކަމަށެވެ. މާދަމާ ހަމަ ކޮންމެ މީހަކަށް ވެސް އަދަބެއް ދޭން ނުވަތަ އެނޫންވެސް ފިޔަވަޅެއް އަޅުއްވަން ވީމާ ތިމަން މަނިކުފާނަށް މިވެނި އެވެނިކަމެއް ފެނިވަޑައިގަނެއްޖެޔޭ ވިދާޅުވެ ފިޔަވަޅު އަޅުއްވާފާނެކަމަށެވެ. އޭގެ ބަދަލުގައި ޑިޔު ޕްރޮސެސް ގެ މަތީން ހެކިގަރީނާއަށް މައްސަލަތައް ނިންމީމާ ރައްޔިތުންނަށް އެކަން އެއީ އަސްލުގައި ވެސް ހިނގި ކަމެއްކަން ޔަގީންވާނެއެވެ.

އަހަރެމެންގެ ކާބަފައިންނަށް އިސްލާމްދީން ވިސްނިފައި އޮތީ މިހެންނެވެ. އިސްލާމްދީންގައި މިކަން މިގޮތަށް ކަނޑައަޅާފައި އޮންނަނީ އަދުލުއިންސާފަކީ ރައްޔިތުންނަށް ލިއްބައިދޭންޖެހޭ އެއްޗަކަށްވާތީއެވެ. ނިކަން ވިސްނަވާށެވެ! ފާސިގެއްގެ ހެކިބަހަށް ވެސް ކަންކަން ސާބިތުނުކުރުމަށް އޮންނަނީ ނުވަތަ ފާސިގަކު ގެންނަ ހަބަރެއް ނަމަ އެކަމެއް އިތުރަށް ބަލައި ކަށަވަރުކުރުމަށް އޮންނަނީ ކޮންމެހެން އެ ފާސިގު ކަލޭގެއަށް އަދަބެއްދޭކަށް ނުވަތަ އޭނާ ގަދަރުން ކުޑަކުރާކަށް ނޫނެވެ. އޭނާ ކަހަލަ މީހަކަށް އާންމުން އިތުބާރު ނުކުރާނެޔަތީ އޭނާގެ ބަހަށް ނިންމާ ނިންމުމެއްގެ ސަބަބުން މުޅި ނިޒާމާމެދު އާންމުންގެ އިތުބާރު ގެއްލިދާނެތީއެވެ.

އަދުލު އިންސާފު ގާއިމުކުރެވޭކަން އަދި ގާއިމުކުރެވެނީ އަދަލު އިންސާފުކަން ރައްޔިތުންނަށް އިތުބާރު ހިފޭނެ މަގަކީ، ޑިޔު ޕްރޮސެސް ކަށަވަރުކޮށްދިނުމާއެކު ހެކިގަރީނާއިން ކަންކަން ސާބިތުކުރުމުގެ މަގެވެ. ދެފުށް ފެންނާނެ ގޮތުގެ މަތިން ކަންކަން ހިނގުމުގެ މަގެވެ. ހެކި ގަރީނާއިން ސާބިތުވާ ކަންކަމަށް އެންމެން އިތުބާރުކުރާނެއެވެ. ހެކިގަރީނާއިން ކަންކަން ސާބިތުކުރާއިރު، އެކަން ކުރާ މަޖިލިސްތައް ސިއްރުކުރާކަށް ނުޖެހޭނެއެވެ. އެފަދަ މަޖިލިސްތައް ފާޅުކުރި ވަރަކަށް އާންމުންގެ އިތުބާރު އިތުރުވަމުންދާނޭމެއެވެ.

ހެކިގަރީނާއެއް ނެތް ކަންކަން މީސްމީހުންގެ މައްޗަށް ސާބިތުކުރުމަކީ އަދި އަމުދުން އެމީހަކާ މެދު ފިޔަވަޅު އެޅޭ މީހާއަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުން ފަދަ ކަންކަމަކީ އިސްލާމްދީނުގައި އޮތް ގޮތެއް ނޫނެވެ. ކުރިން މިކިޔައިދިން ހާދިސާގައި ވެސް ޚުދު އަބޫ ޔޫސުފްގެ ފަތުވާގައި ވެސް ބައްލަވާފައި އެވަނީ އިޖުރާއަތުގެ މުހިންމު ކަމަށެވެ. ކަމެއް ސާބިތުވާން އޮންނަ ގޮތަށް ކަމެއް ސާބިތުވުމުގެ މުހިންމުކަމަށެވެ. އެގޮތަށް އިސްލާމްދީނުގައި އެކަން ކަނޑައެޅިފައި އޮތީ ހެކިގަރީނާއާ ނުލައި ކަންކަން ސާބިތުކުރަން ފަށައިފިނަމަ ނުކުންނާނެ ނަތީޖާގެ ނުރައްކާތެރިކަމާއި ފިތުނައިގެ ބޮޑުކަމުންނެވެ. އަދި އެކަން ލައިގަންނާނީ ފުރަތަމަ އަނިޔާލިބުނު މީހަކަށް އެކަންޏެއް ނޫނެވެ. އާހިރުގައި އެކަމެއްގެ އަނިޔާއާއި ބަދުނަސީބު ފުރަތަމަ އެކަން ފަށައިގަތް މީހަކަށް ލިބޭލެއް މާ ނުރައްކާވެފައި ބޮޑުކަމުގެ މައްޗަށް ދުނިޔޭގެ ތާރީހުން ވެސް ފެންނާން ހުރި މިސާލު މަދެއް ނުވާނެއެވެ.

މާތް ނަބިއްޔާގެ ބަސްފުޅު ތެދެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ. "މީސްތަކުންނަށް އެބައިމީހުން ކުރާހާ ދައުވާއަކަށް ދެއްވެން ފަށައިފިނަމަ، ބަޔަކު މީހުން އަނެއް ބަޔަކުގެ ލެޔަށާއި މުދަލަށް ވެސް ދައުވާކޮށްފާނެއެވެ. އެހެނެއްކަމަކު ދައުވާކުރާ މީހާއަށް އޮތީ ހެކި ގެނައުމެވެ. އަދި އިންކާރުކުރާ މީހާއަށް އޮތީ ހުވާކުރުމެވެ."

އާދޭހެވެ. ހެއްކެއް ގަރީނާއެއް ނެތި، އަދި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އިންތަކާއި މިންތަކުން ބޭރުން ކަން ކުރެވެން ފަށައިފިނަމަ، ވާނެ ގޮތް މިހަދީސް ބަސްފުޅުގައި ސަރީހަކޮށް މިއޮތީއެވެ. އެޔަކުން ވަކި މީހަކު ސަލާމަތެއް ވެސް ނުވާނެއެވެ. މިއަދު ރައްކާތެރިކަން ލިބުނަސް މިއަދު ހެކި ގަރީނާ ނެތި އިޖުރާއަތްތަކާ ހިލާފަށް ސިއްރު މަޖިލީހަކުން ބަޔަކު މީހުންނާމެދު ފިޔަވަޅު އެޅުން ހުއްދަކުރެވުނީމާ މާދަމާ ހެއްކެއް ގަރީނާއެއް އިޖުރާއަތެއް ނެތި ފިޔަވަޅު އެޅިގެންދަނީ ތިމާއާ މެދުކަމުގައި ވެސް ވެދާނެއެވެ. އެއީ ތިމާގެ ލޭ ހުއްދަ ވުންކަމުގައި ނުވަތަ މުދާ ހުއްދަވުންކަމުގައި ވެސް އެފަދަ ސިސްޓަމެއްގައި ވެގެން ހިނގައިދާނެއެވެ. އަޅުގަނޑުގެ އަމިއްލަ ބަހެއް ނޫނެވެ. މާތް ނަބިއްޔާގެ ބަސްފުޅެވެ.

ހެޔޮ ނުވާނެއެވެ! މަގާމުތަކުގައި ތިއްބެވި ހުރިހާ އިއްޒަތްތެރި އަޚުންނާއި އުޚްތުންނޭވެ! އަދުލުވެރިވެޑައިގަންނަވާށެވެ! އިންސާފުވެރިވެ ވަޑައިގަންނަވާށެވެ! މީސްމީހުންނާމެދު ފިޔަވަޅު އެޅުއްވުމުގައި ޑިޔު ޕްރޮސެސް ފުރިހަމަކުރައްވާށެވެ! ޤިޔާމަތް ދުވަސް އޮތްކަން ހަނދުމަކުރައްވާށެވެ! ﷲ އަށް ތަގުވާވެރިވެވަޑައިގަންނަވާށެވެ! ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފުވެވިއްޖެނަމަ ހުވާގެ ކައްފާރާވެސް އަދާކުރައްވާށެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox