އިމާރާތުގެ ކެމެރާތަކާއި ޓެރަސްއާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް ދިނީ ސައްހަ ނޫން މައުލޫމާތުތަކެއް!

ޕޮލިސް ކޮމިޝަނަރު ޝުޖާއު : އިމާރާތުގެ ކެމެރާތަކާއި ޓެރަސްއާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް ދިނީ ނުބައި މައުލޫމާތުތަކެއް ކަން ވަނީ ޔަގީންވެފަ --- ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރު ޝުޖާއު : އިމާރާތުގެ ކެމެރާތަކާއި ޓެރަސްއާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް ދިނީ ނުބައި މައުލޫމާތުތަކެއް ކަން ވަނީ ޔަގީންވެފަ --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ހައްވާ ޔުމްނު ރަޝީދު، 21 ވެއްޓުނު އިމާރާތުގެ ކެމެރާތަކާއި ޓެރަސް ހުރި ހިސާބާއި ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް ދިނީ ސައްހަ ނޫން މައުލޫމާތުތަކެއްކަން ހާމަވެއްޖެ އެވެ.

މި ހާދިސާ ހިނގީ ހ. ފެންޓެނޯއީގޭގަ އެވެ. މިކަމުގެ މައުލޫމާތު ދިނުމަށް ފުލުހުން އެންމެ ފުރަތަމަ ބޭއްވީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެކެވެ. އޭގެ ފަހުން މިއަދު ހުޅުވާލައިގެން ދެތިން ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.

މި ދެ ބައްދަލުވުމުގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން، އަދި މިރޭ ފެންޓެނޯއީ ގެއަށް ވަދެ އެ ތަނުގެ މަންޒަރުތައްވެސް ބެލި މީހެއްގެ ހައިސިއްޔަތުން ފުލުހުން ދިން މައުލޫމާތާއި އަސްލު ހާލަތުގެ ތަފާތު ބަޔާން ކޮށްލާނަމެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު އަދި އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނަށް ދެއްކީ އެ ގޭގެ ހަތްވަނަ އަދި އަށްވަނަ ފަންގިފިލާގައި ހުންނަ ކެމެރާއިން ރެކޯޑު ކޮށްފައިވާ މަންޒަރުތަކެެވެ.

"ހަތެއްގަ ފިރިހެން ކުއްޖާ ހުރިއިރު. ނުވައެއްގަ. ނުވައެކޭ މި ބުނަނީ އަށަކުން މައްޗަށް އަރާއިރު އިންނާނީ ނުވައެއް އެއީ ޓެރަސް. އެކަމު ޓެރަސް އަކަށް ނުއެއް އެރޭ. ޓެރަސްގެ ދޮރު ލައްޕާ ތަޅުލާފަ ހުރީ،" މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ސަބް އިންސްޕެކްޓާ މޫސާ އިރުފާން ވިދާޅުވި އެވެ.

ނަަމަވެސް މިރޭ "އަދަދު" ގެ ނޫސްވެރިން އެ ގެއަށް ގޮސް ބެލި ބެލުމުން ޔަގީންވީ އެ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ކެމެރާ ނުވެސް ނެތްކަމެވެ. މީގެ ކުރިން ކެމެރާ ނެތް ކަމަށް ފުލުހުން ތަކުރާރުކޮށް ބުނި ނުވަ ވަނަ ފަންގިފިލާގައި ކެމެރާ ހުއްޓެވެ. އެ ކެމެރާ އާއެކު އެލާމު ސިސްޓަމެއްވެސް ހުރެ އެވެ. ދެވަނަ އަށް ފެންނަނީ ފުލުހުން ބުނިހެން ހަތްވަނަ ފަންގިފިލާގައި ހުރި ކެމެރާގެ މަންޒަރުތަކެވެ.

އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާކަމަށް ބުނެ ފުލުހުން ދެއްކި ފުޓޭޖުން ފެންނަނީ އެ އިމާރާތުގެ ނުވަވަނަ ފަންގިފިލާ އެވެ. އެ ދެ ފަންގިފިލާގައި ހުރި އެޕާޓްމަންޓްތަކުގެ ވަންނަ ދޮރުގެ ޑިޒައިން ވެސް ތަފާތެވެ.

އެހެންކަމުން ފުލުހުން ދިން ގިނަ މައުލޫމާތުގެ ސައްހަކަން ވަނީ ގެއްލިފަ އެވެ.

ޔުމްނު ވެއްޓުނު ކަމަށް ފުލުހުން މިހާތަނަށް ބުނަމުންދިޔައީ އަށްވަނަ ފަންގިފިލާ އަދި ނުވަ ވަނަ ފަންގިފިލާއާ ދެމެދު ހުރި ފެންލައިޓަކުންނެވެ. ނަމަވެސް، ކެމެރާ ހުރީ ނުވަ ވަނަ ފަންގިފިލާގައި ކަމުން ޔުމްނު ވެއްޓުނީ އެ ފަންގިފިލާއަށްވުރެ މަތިން ކަން އެނގެ އެވެ.

މީގެ ކުރިން ފުލުހުން ބުނީ އެ ގޭގެ ނުވަ ވަނަ ފަންގިފިލާ އެއީ ޓެރަސް ކަމަށެވެ. ނަމަވެސް އެ ގޭގެ ޓެރަސް ހުންނަނީ 10 ވަނަ ފަންގިފިލާގަ އެވެ.

ނުވަ ވަނަ ފަންގިފިލާ އާއި ޓެރަސް އާ ދެމެދު ފެންލައިޓެއް ހުރެ އެވެ. އެއީ ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ބުނާ ފެންލައިޓެވެ. އެ ވަގުތު މި މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލު އަރަނީ ނުވަ ވަނަ ފަންގިފިލާއިން މައްޗަށެވެ.

މިއީ ފުލުހުން މައުލޫމާތު ދިން ގޮތްކަން ދެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ އެކަކަށްވުރެ ގިނަ ނޫސްވެރިންގެ ގާތުން އަޅުގަނޑު މި ހަބަރު ލިޔުމުގެ ކުރިން ކަށަވަރު ކުރީމެވެ. ހުރިހާ ނޫސްވެރިންވެސް އެކަމަށް އެއްބަސްވެ އެވެ.

މި މައުލޫމާތުތައް ދިނުމުގައި ފުލުހުން ދޮގު ހަދަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި ސިއްރު ބައްދަލުވުމަށްފަހުވެސް ފުލުހުން އެ އިމާރާތައް ދިޔަ ކަމަށް މިއަދު ބުންޏެވެ. ނަމަވެސް އެ ދޮގުތައް މިއަދުވެސް ތަކުރާރުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox