އަޒްމިރަލްދާ ހުށަހެޅި މައްސަލާގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގު ނުހިންގަން ފުލުހުން ވެސް ނިންމައިފި

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު : އަޒްމިރަލްދާ ހުށަހެޅި މައްސަލާގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގު ނުހިންގާ ފުލުހުން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު : އަޒްމިރަލްދާ ހުށަހެޅި މައްސަލާގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގު ނުހިންގާ ފުލުހުން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދޮގު މައުލޫމާތު ދީފައިވާތީ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ.

ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިހުރި އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝަމީލް މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި މައްސަލަތައް ނުބަލަން ނިންމައި ފުލުހުން ފޮނުވި ލިޔުން ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ފުލުހުން ނިންމީ އެ މައްސަލަ ވެސް ނުބެލުމަށެވެ.

Advertisement

މައްސަލަތަށް ނުބަލާން ނިންމީ އެ ދެ މައްސަލަ ބެލުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމުގައި ދެކޭތީ ކަމަށް ފުލުހުން ބުންޏެވެ.

"އިސްވެދެންނެވުނު ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަމަކީ، އެ މައުލޫމާތު ބަލައިގަތް އިދާރާ [ޖޭއެސްސީ] އިން ވަޒަންކޮށް އެއާއިމެދު ގޮތެއް ނިންމުމުން ނޫނީ ތިޔަ ފަރާތުން ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުވާތީ.." ޝާމިލް އާ ގުޅޭ މައްސަލަ ނުބަލަން ނިންމި ސަބަބުގެ ގޮތުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް، އަޒްމިރަލްދާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރީ އޭސީސީގެ ސިޓީއަށް ރިއާޔަތްކުރުމަށްފަހު އެވެ. ސަސްޕެންޑު ކުރި ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީން ވެސް ނުބުނެ އެވެ. އާރުޓީއައި ހުށަހެޅުމުން ވެސް އޭސީސީއިން ވަނީ އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.

ސަބަބެއް ކަމަށް ބުނީ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅޭ މައުލޫމާތު ކަމަށް ދެކޭތީ، އެ ތަފުސީލުތައް ހިއްސާކުރެވެން ނެތް ކަމަށެވެ. އޭސީސީން ވަނީ މައްސަލަ ހުށަހެޅި ތާރީހާއި ވަގުތު ވެސް ހިއްސާނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ފަނޑިޔާރުގެއާ ގުޅޭ ތަހުގީގެއްގައި އޭސީސީން މިހާ އަވަހަށް ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. އޭސީސީގެ ތަހުގީގުތައް އެ ތަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެވެ. އެ ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް ބައިކުޅަބައި މަސައްކަތް ވެސް ނުކުރެވޭކަން ސާފުކޮށް އެނގެ އެވެ.

މި މައްސަަލައާ ގުޅިގެން ޝާމިލް އާ މި ނޫހުން ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދޭން ދެކޮޅުހައްދަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox