ޔުނައިޓެޑުން އާސެނަލް އެފްއޭ ކަޕުން ކަޓުވާލައިފި

Jan 12, 2025, 8:04 PM
ޔުނައިޓެޑްގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ބަޔިންދީރު

ޔުނައިޓެޑްގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ބަޔިންދީރު

ލަންޑަން (ޖެނުއަރީ 13) - ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޕެނަލްޓީ ޖަހައިގެން އާސެނަލް 5-3 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.

މެޗުގެ 61 ވަަނަ މިނިޓްގައި ޔުނައިޓެޑުގެ ޑިއޯގޯ ޑަލޮޓް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު، ރަތް ކާޑު ދެއްކި މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ޔުނައިޓެޑުން ލީޑުނެގީ 52 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. މިއީ، އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުން ފެނާންޑޭސް ޖެހި ގޯލެކެވެ.

Advertisement

ޔުނައިޓެޑްގެ ޑަލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކީ އާސެނަލްގެ މިކޭލް މެރީނޯ އަށް ކުރި ފައުލަކަށެވެ. ޑަލޯ އަށް ރަތް ކާޑު ދެއްކުމުން، ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވިތާ ދެ މިނިޓް ފަހުން، އާސެނަލުން އެއްވަރުކުރީ، 63 ވަނަ މިނިޓްގައި ގަބްރިއަލް މަގާޅައެސް ޖެހި ގޯލުންނެވެ.

އާސެނަލަށް ލީޑުނަގައިދޭން މެޗުގެ 70 ވަަނަ މިނިޓްގައި މާޓިން އޮޑެގާޑް ރަނުގެ ފުރުސަތެއް ނަގާލި އެވެ. އާސެނަލްގެ ކައި ހަވާޓްޒް އަށް ޔުނައިޓެޑްގެ އޭރިއާތެރެއިން ހެރީ މެގުއާ ފައުލުކުރި ކަމަށް ބަލައި، ޕެނަލްޓީއެއް ދޭން ނިންމުމުން ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ބޮޑުވި އެވެ. މައްސަލަ ބޮޑުވި މި ޕެނަލްޓީ އޮޑެގާޑް ފޮނުވާލުމުން ޔުނައިޓެޑްގެ ކީޕަރު، އަލްޓޭ ބަޔިންދީރު ވަނީ މަތަކޮށްފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޔުނައިޓެޑުން ވަނީ މެޗު ޕެނަލްޓީއާ ހަމައަށް ގެންގޮސްފަ އެވެ. ޔުނައިޓެޑުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، އާސެނަލުން ނާކާމިޔާބުވީ ހަވާޓްޒްގެ ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ބަޔިންދީރު ވަނީ މަތަކޮށްފަ އެވެ. ޔުނައިޓެޑަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ފެނާންޑޭސް، އަމަދު ޑިއާލޯ، ލެނީ ޔޯރޯ، ލިސަންދްރޯ މާޓިނޭޒް އަދި ޖޯޝުއާ ޒާކްޒީ އެވެ. އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ، އޮޑެގާޑް، ތޯމަސް ޕާޓޭ އަދި ޑެކްލަން ރައިސް އެވެ.

ޔުނައިޓެޑުން ހަތަރު ވަނަ ބުރުގައި ކުޅޭނީ ލެސްޓާ ސިޓީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox