ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ

އާޓްވޯކް: އިސްމާއިލް އިމްދާދު

އާޓްވޯކް: އިސްމާއިލް އިމްދާދު

"ހޯއްޅަވައްސަށް" ދިޔަ ބޮޑު އަލިބޭގެ ވާހަކައަކީ ނިލަންދެ އަތޮޅު ހިމިތީގައި ކިޔާ އުޅުނު ފޯކުލޯރު ވާހަކައެކެވެ. ފޯކުލޯރެކޭ ބުނުމުން އޭގެ އަސްލަކީ ކޮބައިކަންވެސް ދަންނަންވާނެ އެވެ. އެއީ ޖަމާއަތެއްގެ ބަޔަކު، އެބައިމީހުންގެ މާޒީގެ ހަބަރުތަކާއި އާއްމު ދިރިއުޅުމުގެ ވައްޓަފާޅި އާއި އެ ބައެއްގެ އިޖްތިމާއީ ގަބޫލުކުރުންތަކާއި އަދި އެބައިމީހުންގެ މާހައުލާއި އެބައެއްގެ ތޮބީއަތާއި ވިސްނުމާ ގުޅޭނޭހެން އުފައްދާފައި ހުންނަ ވާހަކަ ފަދަ ތަކެއްޗެވެ. މިހެންކަމުން ބަޔެއްގެ ތެރޭގައިވާ ފޯކުލޯރު ވާހަކަތަކަކީ މި އިސްވެ ދެންނެވުނު ފަދަ ކޮންމެވެސް އަސްލެއްގެ މައްޗަށް އުފަންވެފައި ހުންނަ ވާހަކަތަކެކެވެ.

ދަންނަވަން މިއުޅޭ ވާހަކަ ކިޔާ އުޅުނު ހިމިއްޗަކީ މިހާރު ފަޅު ރަށެކެވެ. އެހެނަސް އިރެއްގައި ނަންހުރި ރަށެކެވެ. މަޝްހޫރު ރަށެކެވެ. އެއީ ނުޖޫމީ އިލްމާއި ހިސާބު އިލްމުގެ ރަށެކެވެ. މި ޒަމާނުގެ ހަމައިން ދަންނަވަނީނަމަ ބޮޑެތި މެތަމެޓީޝަނުންނާއި ނެވިގޭޓަރުން ތިބި ރަށެކެވެ. ތަރިތަކާބެހޭ އިލްމުގެ އާލިމުންގެ ވެސް ރަށެކެވެ. ހަމައެހެންމެ އެއީ ބޭރު ދަތުރުކުރާ އޮޑިފަހަރު ގިނަ ރަށެކެވެ. މުދާވެރި މުއްސަނދި ރަށެކެވެ. ހިމިތީގެ އަހުލުވެރީންނަކީ ހިސާބު އިލްމަށް މޮޅު ބައެއްކަމުގެ ވާހަކައަކީ މުޅި ރާއްޖެއަށް މަޝްހޫރު ވާހަކައެކެވެ. އެބައިމީހުންގެ ތެރެއަށް ހިސާބު އިލްމު އައި ގޮތާއި ބެހޭ ގޮތުން ކިޔައިއުޅޭ މަޝްހޫރު ފޯކުލޯރެއްވެސް އޮވެއެވެ.

"ހޯޅަވައްސަށް" ދިޔަ ބޮޑު އަލިބޭ ވާހަކަ ހޯއްދަވާ ނޯޓު ކުރެއްވީ ނިލަންދެ އަތޮޅުގެ ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ މުއައްރިޚެއް ކަމުގައިވާ އެ އަތޮޅު ނިލަންދޫ މުހައްމަދު ފަރީދެވެ. ފަރީދަކީ ވަރަށް ގިނަ ރަށްރަށުގެ މަދަރުސާތައް ހިންގެވި ހަރުދަނާ ޕްރިންސިޕަލެކެވެ. ރާއްޖޭގެ ތާރީހާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ފަރީދު ހޯއްދަވާފައި ވަނީ މަދަރުސާތައް ހިންގެވުމަށް ރަށްރަށުގައި އުޅުއްވި ދުވަސްވަރުއެވެ. އެއިރުގައި ތިބި މުސްކުޅީންގެ ގާތުންނެވެ. ހަމައެހެންމެ އޭނާވަނީ ނިލަންދޫގެ ތާރީހަ އަލިއަޅުވާލައްވާ ފޮތެއްވެސް ލިޔުއްވާ ޗާޕު ކުރައްވާފައެވެ.

މުހައްމަދު ފަރީދު ބުނުއްވާ ގޮތުން ހޯޅަވައްސަށް ދިޔަ ބޮޑު އަލިބޭގެ ވާހަކަ އޭނާއަށް ކިޔައިދެއްވީ ހިމިތީ އަލްމަރުޙޫމު ޙުސައިން މަނިކެވެ. އެއީ 1970 ގެ އަހަރުތަކުގެ ތެރޭގައިކަމަށްވެސް ބުނުއްވަ އެވެ. މި ދެންނެވި ހުސައިން މަނިކަކީ ހިމިތި ފަޅުކޮށްފައި ނިލަންދުއަށް އައި އާއިލާއެއްގެ ބޭކަލެކެވެ. އެއީ ގިނަ މަސައްކަތްތައް ދަންނަ ކަނޑުފަޅާއި ރާއްޖޭގެ ޖިއޮގްރަފީގެ މައުލޫމާތުތައް ދެނެލައްވާ އިލްމުވެރި ފޯރުންތެރި ބޭކަލެކެވެ. ތިރީގައި މި ލިޔަނީ އަލްމަރުޙޫމު ހިމިތީ ހުސައިން މަނިކުގެ ގާތުން ނިލަންދޫ މުހައްމަދު ފަރީދު އެ ވާހަކަ ނޯޓުކުރައްވާފައި އޮތް ފަދައިންނެވެ.

ތާރީޚީ މުއައްރިޚު އަލްފާޟިލު މުހައްމަދު ފަރީދު/ ނިލަންދެ އަތޮޅު ނިލަންދޫ
ތާރީޚީ މުއައްރިޚު އަލްފާޟިލު މުހައްމަދު ފަރީދު/ ނިލަންދެ އަތޮޅު ނިލަންދޫ

ތާރީހީ މުއައްރިޚު މުހައްމަދު ފަރީދު/ ނިލަންދެ އަތޮޅު ނިލަންދޫ

އާދޭހެވެ! ބޮޑު އަލިބޭ އާއި ބެހޭގޮތުން ބުނެވޭ ބަހުގެ ހަބަރުގައި ވެއެވެ.

"ހިމިތީ ބޮޑު އައްޔަކީ ހިމިތީގެ ބޮޑުންގެ ތެރޭގައި ހިމެނޭ ހަރުދަނާ ޝަހުސިއްޔަތެއް ކަމުގައިވެއެވެ. ގައިގެ ބާރުގަދަ ވިސްނުންތޫނު ހިސާބު އިލްމާއި ނުޖޫމީ ޢިލްމާއި ނެވިނިޔަމިކަން އެނގޭ މީހެކެވެ. ޖެހުނު ކޮންމެ ކަމެއް ކުރާން ދަންނަ މޮޅު މީހެކެވެ. ބޮޑު އަލީ ރަށުގައި ހުންނަ ދުވަސްވަރު ރާވެރިކަން ކުރާ ހީވާގި މުރާލި މީހެކެވެ. ބޮޑު އަލީގެ އަނބިދަރީން ތިބެއެވެ. އަމިއްލަ ގެދޮރު ހުރެއެވެ. ދިރިއުޅުން ތަނަވަހެވެ.

އާދައިގެ މަތީން ބޮޑު އަލީ ފަތިހު ރުކަށް ދިޔައެވެ. މި ދުވަސްވަރު ރާވެރިކަން ރަނގަޅުކަމުން އެންމެ ފަހުން ބޮޑު އައްޔަށް ދެވުނީ އެރަށު ހުޅަނގުމަތީ ޒިޔާރަތް ކައިރީ ރުކަށެވެ. އެއިރު އިރުއަރާ އަލިވެއްޖެއެވެ. އަލީ ރުކަށް އަރާ އެއްތަކުން ރާ ނަގައި އެއްކޮށާ ބަދި ލައި ނިމިއްޖެއެވެ. މި މަސައްކަތް ނިމުނީމާ ކޮންމެ ދުވަހެއްގެވެސް މޫސުން ހުރި ގޮތް ރުކުގައި އިނދެގެން ބަލައިލުމަކީ އަލީގެ އާދައެކެވެ. ކަނޑުގެ ރާޅު ބޮޑެވެ. ވައި ބާރެވެ. ދެން ހިމިތީގެ ފަޅު ތެރެއަށް ބަލާލިއިރު ހިމިތީ ރަށްގޮނޑުގައި ހުޅަނގުމަތީ ޒިޔާރަތާ ދިމާއަށް ވަރަށް ބޮޑު ލަކުޑި ގަނޑެއް ލައްވަނީއެވެ. މި މަންޒަރު ފެނިފައި އަލީ އަވަސް އަވަހަށް ރުކުން ފައިބައިފިއެވެ. ލަކުޑިގަނޑު ކައިރިއަށް ގޮސް ލަކުޑިގަނޑު ހޮވައިފިއެވެ. އޭނާގެ އަތުގައި އޮތް ވަޅީން ލަކުޑިގަނޑުގައި އެއީ ބޮޑު އަލީ ހޮވި އެއްޗެއްކަން އެނގޭނެ ފަދަ ފާހަގައެއް ޖަހައިފިއެވެ. އެދުވަސްވަރުގައި މިގޮތަށް ކަނޑުން ލައްގާ ތަކެތި ލިބެނީ އެ ހޮވި މީހަކަށެވެ. މި ލަކުނޑި ގަނޑަކީ ވަރަށް ބޮޑު ލަކުޑިގަނޑެކެވެ.

ރާ ބާލަމުން ދާ ރާވެރިއެއް
ރާ ބާލަމުން ދާ ރާވެރިއެއް

ރާ ބާލަމުން ދާ ރާވެރިއެއް

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަލީ އޭނާގެ އާދައިގެ މަތީން ރާ ރުކަށް ގޮސް ރާބާލަމުން ދެއެވެ. އާދަވެގެން ކުރާ މަސައްކަތްތައް ކުރަމުން އަލީ ދަނީ ލަކުޑިގަނޑަށް ވާނުވާ ގޮތްވެސް ބަލަމުންނެވެ. މިހާރު ހުޅަނގު މޫސުންވެސް ނިމި އިރުވައި މޫސުން ފެށިއްޖެއެވެ. މުލަ ނަކަތް ލައިގެންފިއެވެ. އިރުވައިގެ ބާރު ވަޔާއި އެކު ހަޅަ ޖަހަން ފަށައިފިއެވެ. އިރުވައިގެ ހަޅައިގައި ލަކުޑިގަނޑު ކަމާލު ކުރަން ހުއްޓާ އޭތި ލައްވެފައި އޮތް ފަސްގަނޑު ގިރައިގެން އެ ލަކުޑިގަނޑު ފުންވެއްޖެއެވެ. އަދި އޮޔާއި އެކު އަނެއްކާވެސް ލަކުޑިގަނޑު ގެންދިޔަ ތަނަކަށް ހިނގައްޖެއެވެ.

ލަކުޑި ގަނޑު އޮޔާ ގެންގޮއްސިކަން އައްޔަށް އެނގުނީ ހެނދުނުވީ ފަހުންނެވެ. އޭތި ރަށުގެ އެހެން ދިމާއަކަށް ލައްގާފައި އޮތްތޯ ބެލުމަށް ހިމިތީގެ ގޮނޑުދޮށް ވަށައިގެން އޭނާ ބެއްޔެވެ. ލަކުޑިގަނޑެއް ނެތެވެ. ދެން އަލީ ބެލީ ވައިޖެހޭ ބާރުމިނާ ކަނޑުގެ އޮއި ހުރި މިންވަރެވެ. އަލީގެ ހިސާބުން ދައްކަނީ މިހާރު އެ ލަކުޑިގަނޑު އޮންނާނީ ރާއްޖޭގެ ސަރަހައްދުން ބޭރުވާން ކައިރިވެފާ ކަމަށެވެ. އެހެންކަމުން އެ ލަކުޑިގަނޑު ކިތަންމެ ބޭނުންކަމުގައި ވިޔަސް އޭތި އެ ގެއްލުނީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އިރުވައި މޫސުން ހުސްވެ ހުޅަނގަށް ފެށިއްޖެއެވެ. އައްސިދަ ލައިގަތް ރޭ ވަރަށް ގަދަ ކޮޅިގަނޑެއް އައެވެ. ވަރަށް ބާރަށް ވައި ގަދަވިއެވެ. އޭގެ ދެތިން ދުވަސްފަހެވެ. އަލީ އޭނާގެ އާދައިގެ މައްޗަށް ރަށުގެ ހުޅަނގުމަތީ ޒިޔާރަތް ކައިރީ ރާރުކަށް ދިޔައިރު އެއްކަލަ ލަކުޑި ގަނޑު އޮތީ އިހު އޮތްތަނަށް ލައްވެފައެވެ. މިތަން ފެނިފައި ރުކުން ފައިބައިގެން ގޮސް އެއީ ހަމަ އެ ލަކުޑިގަނޑުތޯ އަލީ ކަށަވަރު ކުރިއެވެ. އެއީ ހަމަ އެލަކުޑިގަނޑެވެ. އަލީ ޖެހި ފާހަގަވެސް އޭގައި އެބަވެއެވެ. މި ފާހަގައިގެ އިތުރުން އަލީ އަށް އެހެން ކަމެއްވެސް އެނގި ކަށަވަރުވެއްޖެއެވެ. އެއީ އެ ލަކުޑިގަނޑުގެ ތަންތަން ކޮޅުން ވަކި އަޅާ ވީދާފައިވާތީ އެވެ. އަދި އެ ލަކުޑި ގަނޑު މި އަންނަނީ ހިކިފަސްތަނެއްގައި އޮވެފައިވާކަމުގެ ނިޝާތައް ވެސް އޭގެން ފެންނަން ހުންނާތީއެވެ.

ދެން އަލީގެ ހިތުގައި ހިނގައިގަތީ އެއީ ކޮންތަނެއްތޯ ބެލުމުގެ ޝައުގެވެ. އަވަސްކަމާއެކު ރުކަށް ދިޔުމުގެ ކަންތައް ނިންމާފައި އަލީ ދިޔައީ ގެޔަށެވެ. އިތުރަށް މިކަމާ ދޭތެރޭ އޭނާ ވިސްނިއެވެ. މި ވިސްނި ވިސްނުމުން އޭނާއަށް ކަށަވަރުވީ ހިމިއްޗާ ދިމާ ހުޅަނގު ބޭރުގައި ކޮންމެވެސް ބައްރެއް ހިކިފައިވާކަމަށެވެ. ދެން އަލީގެ ހިތުތެރޭގައި ކަން ހިންގާނެ ގޮތް ރާވާލިއެވެ. އެއީ އޭނާއަށް މި ވިސްނުނު ވިސްނުމަކީ ތެދު ހަގީގަތެއްތޯ ބެލުމަށްޓަކައި އެ ލަކުޑިގަނޑުގައި އޭނާވެސް ދާން ގަސްތުކުރީއެވެ. އެހެނަސް މިފަދަ ލަކުޑިގަނޑެއްގައި އޭނާ ދާން އުޅޭކަން ރަށުގެ މީހުންނަށް އެނގިއްޖެނަމަ އޭނާ ދިޔަކަ ނުދޭނެކަން ވެސް އައްޔަށް އެނގެއެވެ. ވީމާ ލަކުޑިގަނޑުގައި ކޮންމެވެސް ކަމެއް ކުރަނީކަމަށް ދައްކައިގެން އެ ލަކުޑިގަނޑު ކޮނެ އަލީއަށް އޮށޯވެ އޮވެވޭވަރުގެ ޖާގައެއް ހެދުމަށް އޭނާ ގަސްތުކުރިއެވެ. ހުޅަނގު ހުސްވެ ދެން އިރުވައި ފެށޭއިރު އެ ލަކުޑިގަނޑަށް އެރިގެން އޭނާވެސް ދާން އަޒުމު ކަނޑައެޅީއެވެ.

މިހާރު އަލީގެ މަސައްކަތް ވަނީ ނިމިފައެވެ. ހުޅަނގުވެސް ނިމިފައެވެ. ކޮންމެ ރެޔަކު ފަތިހު ރުކަށްދާ ބޮޑުއަލީ މިރެޔަކު ގެޔަކަށް ނާދެއެވެ. ހެނދުނުގެ ނާސްތާ ކުރަންވީ އިރުވެސް އަލީގެ ހަބަރެއް ނުވިއެވެ. އަލީގެ އެކި ދަރީން އަލީ ހޯދަން ރަށުގެ އެކި ދިމަދިމާއަށް ހިނގައްޖެއެވެ. އެއްބަޔަކު ދިޔައީ ހިމިތީ ފުރެއްދެ އޮޑި އަތިރިއަށެވެ. އަނެއްބަޔަކު ދިޔައީ ރާއަރާ ރުއްތައް ބަލާށެވެ. މެންދުރު ވީއިރުވެސް އަލީގެ ހަބަރެއް ނެތެވެ. ވީތަނެއް ނޭނގެއެވެ. މިހާރު ހިމިތީ އެންމެތަކުންނަށްވެސް މިކަން އެނގިއްޖެއެވެ. ރަށުގެ އެންމެންވެސް ހޯދިއެވެ. ބޮޑުއަލީއެއް ނުފެނުނެވެ. ރަމަލުޖަހާ ކަންވެރިންވެސް ހޯދިއެވެ. އެމީހުން ފާލުވެސް ބެލިއެވެ. ފާލުން ދައްކަނީ އެ ހޯދާ އައްޔަކު ބިމުގައި ނެތްކަމަށެވެ.

ފުރަހަޅައިގެ ބާރު ވައި ޖެހެން ފެށިއިރު އަލީ އޮތީ ލަކުޑިގަނޑުގެ ތެރޭގައެވެ. ލަކުޑިގަނޑަށް ޖަހާ ރާޅުން ދެތިންފަހަރަކު ހެލުވިލާފައި ލަކުޑިގަނޑު ފުންވެއްޖެއެވެ. އޭގެ އަސްލު ދަތުރަށް ފެށިއްޖެއެވެ. ހެނދުނު ފިނިމައްޗަށް އަލީ ބޭރު ބަލައިލިއެވެ. އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. މޫސުމުގެ ގަދަ ވަޔާއި އޮޔާ އެކީގައި ލަކުޑިގަނޑު ވައި ފައްސަށް އޮއި ފައްސަށް ދަތުރުކޮށްފައިދެއެވެ. މިހާރު ހަތް ރެ އާއި ހަތް ދުވާ ވެއްޖެއެވެ. ލަކުޑިގަނޑުގެ ދުވެލި މަޑުވެއްޖެ ކަހަލައެވެ. ހިކިފަސް ތަނެއްގައި ޖެހުނުހެން ހީވިއެވެ. އަލީ ބޭރަށް ބޯދީ ބަލައިލިއިރު ބޮޑު މާސިންގާ ރަށްތަކެއްގެ ސަހަރެކެވެ. އަލީ ލަކުޑިގަނޑުން ނިކުމެ ދުރުދުރަށް ބަލައިލިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ރަށުގެ އެތަންމިތަން ބަލަމުން އަލީ ހިނގަން ފެށިއެވެ. އެއްވެސް މީހަކު ނުފެނުނެވެ. މީހުން ދިރިއުޅޭކަމުގެ އެއްވެސް އަސަރެއް މި ބޮޑު ރަށުން ފެންނާކަށް ނެތެވެ. މުޅި ރަށުގައި ހެދިފައި ހުރީ ބޮޑެތި ރުކާއި އެކި ވައްތަރުގެ ގަހެވެ. ބަޔަކު ދިރިއުޅޭކަމުގެ ނިޝާނެއް ނުފެނުމުން މިއީ ބަޔަކު ދިރިނޫޅޭ ބިޔަ މާ ފަޅު ރަށެއްކަން އައްޔަށް ޔަގީންކުރެވުނެވެ.

އިރުއޮއްސެންވީ އިރަށް އަލީ ލަކުޑިގަނޑު ކައިރިއަށް ހިނގައްޖެއެވެ. އިރަށް ދޮންކުލަ އެރިތަނާ މުޅި ރަށުގެ ގޮނޑުދޮށުން ނިކުންނަންފެށީ ވަރަށް ބޮޑެތި ކަކުންޏެވެ. އެވެރިން ކައިބޮއެ އުޅޭނެ އެއްޗެހި ހޯދަން ރަށުގެ އެކި ކޮޅުކޮޅަށް ދުވެނަގަން ފެށިއެވެ. މިވަރުގެ ބޮޑެތި ކަކުންޏަށް އިންސާނެއް ލިބުނަސް ކާލާނެއެވެ. އެހެންކަމާއި އެކު އަލީ ލަކުޑިގަނޑުގެ ތެރެއަށް ވަދެ ފިލައްޖެއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox