ދެކުނު ކޮރެއާއިން އުފެއްދީ އުނަގަނޑުން ތިރި ވާގިނެތިފައިވާ މީހުން ހިނގަން ބޭނުންކުރާނެ ރޮބޮޓެއް

Dec 23, 2024, 5:39 AM
އުނަގަނޑުން ތިރި ވާގިނެތިފައިވާ މީހުން ހިނގަން ހާއްސަކޮށްގެން ހެދި ރޮބޮޓް  ކޮރެއާ އިންސްޓްޓިއުޓް އޮފް ސައިންސްގެ ސައިންސްވެރިއަކު ޓެސްޓްކުރަނީ. އެ ސައިންޓިސްޓަކީ ވެސް އުނަގަނޑުން ތިރި ވާގިނެތިފައިވާ ބޭފުޅެއް. ފޮޓޯ: ރޮއިޓާސް

އުނަގަނޑުން ތިރި ވާގިނެތިފައިވާ މީހުން ހިނގަން ހާއްސަކޮށްގެން ހެދި ރޮބޮޓް ކޮރެއާ އިންސްޓްޓިއުޓް އޮފް ސައިންސްގެ ސައިންސްވެރިއަކު ޓެސްޓްކުރަނީ. އެ ސައިންޓިސްޓަކީ ވެސް އުނަގަނޑުން ތިރި ވާގިނެތިފައިވާ ބޭފުޅެއް. ފޮޓޯ: ރޮއިޓާސް

އުނަގަނޑުން ތިރި ވާގިނެތިފައިވާ މީހުންނަށް، އެ އެއްޗެއް ބޭނުންކޮށްގެން ހިނގައިބިނގައި ސިޑިތަކުން ވެސް އެރޭ ފެންވަރުގެ ލުއި ރޮބޮޓެއް، ކޮރެއާގެ ސައިންސްވެރިން އުފައްދައިފި އެވެ.

ކޮރެއާ އިންސްޓްޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކޭއޭއައިއެސްޓީ)ގެ އެގްޒޯސްކެލެޓަން ލެބޯޓްރީގެ ސައިންސްވެރިންނާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި އުނަގަނޑުން ތިރި ވާގިނެތިފައިވާ މީހުން ހިނގަން ބޭނުންކުރާނެ ރޮބޮޓެއް އުފެއްދީ، އެ ފަދަ މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަމަކަށް ވެސް ބޭނުންކުރެވޭނެ ރޮބޮޓެއް އުފައްދަން ކުރިއަށް ގެންދާ މަޝްރޫއެއްގަ އެވެ.

އެގޮތުން އުފެއްދި ފުރަތަމަ ޕްރޮޓޯޓައިޕް ޓެސްޓްކުރީ، އެ މަޝްރޫއު ކުރިއަށް ގެންދާ ސައިންޓިސްޓުންގެ ޓީމުގައި ހިމެނޭ، އުނަގަނޑުން ތިރި ވާގިނެތިފައިވާ ސައިންޓިސްޓް ކިމް ސިއުން ވޮން އެވެ. ރޮބޮޓް ޕްރޮޓޯޓައިޕް ބޭނުންކޮށްގެން އޭނާ ގަޑިއަކު ދެ މޭލު ބާރު މިނުގައި ހިންގަވައި، ސިޑިއަކުން ވެސް އެރުއްވި އެވެ.

Advertisement

"އަޅުގަނޑު ކޮންމެ ތާކު އިނަސް، އެއަށް [ރޮބޮޓް އަށް] އަޅުގަނޑު ގާތަށް އާދެވޭނެ، އަދި ފުރޮޅުލީ ގޮނޑީގައި އިނަސް، ގައިގައި ހަރުކޮށްލައި، އަޅުގަނޑު ތެދުވެ ހިނގަން މަގުފަހިކޮށްދޭނެ، މިއީ މީގެ އެންމެ ތަފާތު ސިފަޔަކީ،" ކިމް ރޮއިޓާސް އަށް ވިދާޅުވެފައި ވެ އެވެ.

ރޮބޮޓް އުފެއްދި ޓީމްގެ އެހެން މެންބަރެއް ކަމަށްވާ ޕާކް ޖިއޮންސޫ ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި އެ އުފެއްދުމުގެ ހިޔާލު އައީ "އަޔަންމޭން" ފިލްމު ބަލައިގެންނެވެ.

"އަޔަން މޭން ބަލާފައި އަޅުގަނޑު ހިތަށް އެރީ ހަގީގީ ދިރިއުޅުމުގައި ރޮބޮޓަކުން މީހުންނަށް އެހީތެރިވުން އެއީ ވަރަށް ރަނގަޅު ހިޔާލެކޭ،" ޕާކް ޖިއޮން ރޮއިޓާސްއަށް ވިދާޅުވެފައި ވެ އެވެ.

"ވޯކްއޮން ސޫޓް އެފް 1"ގެ ނަން ދީފައިވާ އެ ރޮބޮޓް އުފައްދާފައި ވަނީ ޓައިޓޭނިއަމާއި އެލުމިނިއަމް ބޭނުންކޮށްގެންނެވެ. އޭގެ ބަރުދަނަކީ 50 ކިލޯ އެވެ. އިންސާނުންގެ ހުޅުތައް މަަސައްކަތްކުރާ ގޮތަށް، އޭގެ ހުޅުތައް މަސައްކަތް ކުރުވުމަށް ޓަކައި 12 މޯޓަރު ހުރެ އެވެ.

ނުވެށްޓި ތެދަށް ހުރުމަށް ޓަކައި އެ ރޮބޮޓްގެ ފައިތިލަޔާއި މަތީ ބައިގައި ސެންސަރުތައް ހުރެ އެވެ. އެއީ ސުކުންތެއްގެ ތެެރޭގައި 1،000 ސިގްނަލް ލިބިގަނެވޭ ފަދަ ސެންސަރުތަކެކެވެ. އަދި ރޮބޮޓްގެ ލޮލުގެ ގޮތުގައި މަސައްކަތްކުރަން ހަރުކޮށްފައިވާ ލެންސްތަކަކީ ވަށައިގެންވާ މާހައުލު ރަނގަޅަށް ދިރާސާކޮށް، ސިޑީތަކުގެ އުސްމިނާއި އެފަދަ އެހެން މައުލޫމާތުތައް އެއްކުރާ ލެންސްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox