ޔުނައިޓެޑް ކަޓުވާލައި ލީގު ކަޕްގެ ސެމީގައި ޓޮޓެންހަމުން ލިވަޕޫލާ ދެކޮޅަށް

Dec 20, 2024, 4:57 AM
ޔުނައިޓެޑް ކަޓުވާލައި ލީގު ކަޕްގެ ސެމީގައި ޓޮޓެންހަމުން ލިވަޕޫލާ ދެކޮޅަށް

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-3 އިން ބަލިކޮށް، އެ ޓީމު ކަޓުވާލި ޓޮޓެންހަމް ހޮޓްސްޕާސް ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

އަނެއް ސެމީ ފައިނަލުގައި އާސެނަލުން ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ސެމީ ފައިނަލް ކުޅޭނީ ދެ ލެގަށެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ފުރަތަމަ ހާފުގައި ޑޮމިނިކް ސޮލާންކޭ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފަށައިގެން ލަސްތަކެއް ނުވެ، ޔުނައިޓެޑްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަަގައި، ޑޭޖާން ކުލުސެވްސްކީ ވަނީ ޓޮޓެންހަމްގެ ލީޑުުޅާކޮށްދީފަ އެވެ. އަދި އޭގެ ފަހުން، ލިބުނު ފުރުސަތެއްގައި ސޮލާންކޭ ވަނީ ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަަހައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ގެނައި ބަދަލުތަކާ އެކު، އެ ޓީމުން އެޓޭކުގައި ކުޅެން ފެށި ބޯޅަތައް ގިނަވެ، އޭގަ ތަފާތު ދެއްކި އެވެ. ޓޮޓެންހަމްގެ ގޯލްކީޕަރު، ފްރޭޒާ ފޮސްޓާ ހެދި ދެ ގޯހެއްގެ ފައިދާނަގައި، ޓޮޓެންހަމް ކޮޅަށް ޔުނައިޓެޑްގެ ލަނޑުތައް ޖެހީ، ބަދަލެއްގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ، ޔޯސުއާ ޒާކްޒީ އާއި އަމަދު ޑިއާލޯ އެވެ.

އަމަދު ވަނީ ނަތީޖާ ހަމަހަމަކޮށްދޭން ރަނގަޅު ހަަމަލާއެއް ފޮނުވާލައިފަ އެވެ. އެކަމަކު، ކީޕަރު ފޮސްޓާ އެ ބޯޅަ މަތަކުރި އެވެ.

ޓޮޓެންހަމް އިން އަނެއްކާ ވެސް ދެ ގޯލުގެ ލީޑެއް ނެގީ، ސޮން ހެއުން މިން ކޯނަރަކުން ވައްދާލި ގޯލުންނެވެ. މި ގޯލު ޖެހީ ފައުލެއް ކޮށްގެން ކަމަށް ޔުނައިޓެޑްގެ ގޯލު ރޭ ބެލެހެއްޓި ތުރުކީގެ ކީޕަރު، އަލްޓޭ ބަޔިންދީރު އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ގޯލަކަށެވެ.

އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޖޯނީ އެވާންްސް ގޯލެއް ޖެހި ނަމަވެސް، އެ ޓީމު މުބާރާތުގައި ދެމި އޮތުމަށް މާ ބޮޑު ކަމެއް ދެން ނުކުރެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox