ޔޫރޮޕާ ލީގު: ޔުނައިޓެޑް ފަހަތުން އަރައި މޮޅު، ޓޮޓެންހަމް އެއްވަރު

Dec 13, 2024, 4:43 AM
ޔޫރޮޕާ ލީގު: ޔުނައިޓެޑް ފަހަތުން އަރައި މޮޅު، ޓޮޓެންހަމް އެއްވަރު

ޕްރާގް، ޗެކް ރިޕަބްލިކް (ޑިސެމްބަރު 13) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ޗެކް ރިޕަބްލިކްގެ ވިިކްޓޯރިއާ ޕްލެޒެން އަތުން 2-1 އިން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން 1-1 އިން ރޭންޖާސްއާ އެއްވަރުކޮށްފި އެވެ.

ވިކްޓޯރިއާ ޕްލެޒެން އިން ލީޑުނެގީ، ދެ ވަަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާނަގަ އެވެ. މިއީ، ކުރިން ޕްރިމިއާ ލީގުގައި ބާންލީ އަށް ކުޅުނު ފޯވާޑް މަޓޭޔާ ވީޑްރާ ޖެހި ގޯލެކެވެ.

ޔުނައިޓެޑް މޮޅުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ޖެހި ގޯލުތަކުންނެވެ. މި މުބާރާތުގައި ހޮއިލުންޑް މި ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ރުބެން އަމޮރިމް، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުން ޔޫރޮޕާ ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ޔުނައިޓެޑް ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައި، ހަތް ވަނަ އަށް އަރައިފަ އެވެ. ޔޫރޮޕާ ލީގުގެ ލީގު ބުރުގެ ގަދަ އަށް ޓީމަށް ގަދަ 16 ބުރުގެ ސީދާ ޖާގަ ލިބޭއިރު، ޔުނައިޓެޑް މިހާރު ވަނީ އެ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

އަށް ވަަނައިގައި އޮތް ޓޮޓެންހަމް އާއި ނުވަ ވަނައިގައި އޮތް ރޭންޖާސް ކުޅުނު މެޗު ދިޔައީ ފޯރިގަދަކޮށެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިތާ 81 ސިކުންތު ތެރޭގައި ރޭންޖާސް އަށް ލީޑުނަގައިދިނީ ހަމްޒާ އިގަމާނޭ އެވެ. ރޭންޖާސްގެ ވާދަވެރި ސެލްޓިކްގެ ކުރީގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ކޯޗުކޮށްދޭ ޓޮޓެންހަމް އިން އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން ޑޭޖާން ކުލުސެވްސްކީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox