އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އަނިޔާވެފައި އޮތް މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ސަލާމަތް ކުރާ މަންޒަރުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭނާއަށް ލިބިފައި ހުރި އަނިޔާތަކެއް ވީޑިއޯއަކުން ނޭނގެ އެވެ. ނަމަވެސް އެމްބިއުލޭންސަށް އެރުވިއިރު ހަރަކާތް ކުރާ މަންޒަރު ފެނެ އެވެ.
އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.













