ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ތިން މީހުންނަށް ޖަލު ހުކުމެއް

ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ތިން މީހުންނަށް ޖަލު ހުކުމެއް

ޖުލައި 24، ގައި މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި އެ މީހާއަށް ބިރު ދައްކައި އޮރިޔާން ކުރުމުގެ އިތުރުން އަނިޔާ ކުރުމަށް ފަހު އެ މީހާ އަތުން ފޭރުނު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފި އެވެ.

އެ މައްސަލައިގައި ފޭރުނު މީހާގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން 45،000ރ. ފޭރުނެެވެ. އެގޮތުން ކޭޝް ކާޑު އަތުލައި ޕިން ކޯޑު ހޯދުމަށްފަހު 25،000ރ. އަދި އިންޓަނެޓް ބޭންކިންއިން 20،000ރ. ފޭރުނެވެ.

އެ މައްސަލައިގައި ތިން ދައުވާއެއް ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރީ:

  • އާއިޝަތު، މއ. މަސްފަން، 43.
  • މުހައްމަދު ރީހާން، މއ. މަސްފަން، 27.
  • ޝަފީގު އިބްރާހިމް، ސޯމާ، ސ. ހިތަދޫ، 35.

އެ ތިން މީހުންގެ މައްޗަށް ކުރީ ފޭރުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުން އަދި އަނިޔާއެއް ދިނުމުގެ މައްސަލަ އެވެ. އެ ތިން މައްސަލައަށް ވެސް ދައުވާކުރި ތިން މީހުން ވަނީ އިއުތިރާފްވެފަ އެވެ.

Advertisement

އޭގެތެރެއިން އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދި މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އަނިޔާ ދިން މައްސަލައިގައި އެ ތިން މީހުންނަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އޭގެއިތުރުން ފޭރުމުގެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

ބަންދުގެ މުއްދަތު ކެނޑުމަށްފަހު ފޭރުމުގެ މައްސަލައިގައި އާއިޝަތު ޖަލު ހުކުމް ތަންފީޒު ކުރަން ކަނޑައަޅާފައި ވަނީ ފަސް މަހާއި 24 ދުވަސް ކަމަށްވާއިރު، ރީހާންގެ މައްޗަށް އިއްވީ ފަސް މަހާއި 23 ދުވަހުގެ ހުކުމެކެވެ. އަދި ޝަފީގުގެ މައްޗަށް އިއްވީ އަށް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox