ޓްރަމްޕަށް ހުކުމް ކުރުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު : އޭނާގެ މައްޗަށް ހުކުމް ކުރުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ --- ފޮޓޯ: ފައިލް

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު : އޭނާގެ މައްޗަށް ހުކުމް ކުރުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ --- ފޮޓޯ: ފައިލް

މި މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރު ކަށަވަރު ކުރައްވާފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް މެއި މަހު ސާބިތުވި ކުށުގެ މައްސަލައިގައި ހުކުމް އިއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ޓްރަމްޕު، 78, ގެ މައްޗަށް ސާބިތުވީ އޭނާ ޖިންސީ ގުޅުމެއް ބޭއްވި ޕޯން ސްޓާ، ސްޓޯމީ ޑެނިއަލްސް އަށް ފައިސާ ދީ އެ ގުޅުމުގެ ވާހަކަ އޮއްބާލަން މަސައްކަތްކުރި ކަމުގެ ދައުވާ އެވެ. އެކަން ފޮރުވަން ޓްރަމްޕު 2016 ގެ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވިޔަފާރީގެ ލިޔެކިޔުންތަކެއް ބަދަލުކުރިކަން ވެސް ވަނީ ސާބިތުވެފަ އެވެ.

ނިއު ޔޯކުގައި ކުރިއަށްދާ މި މައްސަލައިގެ ހުކުމް ކުރުން މީގެ ކުރިންވެސް ފަސްކުރި އެވެ. އިންތިހާބަށް އަސަރުކޮށްފާނެ ކަމަށް ބަލައި އެފަހަރު ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރީ ނޮވެމްބަރު 26، އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށް ހުކުމް ކުރުން ފަސްކުރިއިރު ދެން އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައަޅާފައެއް ނުވެ އެވެ.

މި ދައުވާގެ މަސައްކަތް މަޑުޖައްސާލައި، އިންތިހާބީ ރައީސަކަށް ހުކުމް ކުރުމާމެދު ގޮތެއް ނިންމުމަށް ޓްރަމްޕުގެ ވަކީލުންނާއި ދައުވާ ކުރާ ފަރާތުގެ ވަކީލުންވެސް ވަނީ އެއްބަސްވެފަ އެވެ. މިއީ މީގެ ކުރިން ދިމާވެފައިވާ ގާނޫނީ ހާލަތެއް ނޫންކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.

އެމެރިކާގެ ގާނޫނުއަސާސީއަށް ރިއާޔަތްކޮށް އެ ގައުމުގެ ޑިޕާޓްމަންޓު އޮފް ޖުޑީޝަރީން ބުނާގޮތުން ރައީސަކަށް ދައުވާ ކުރުމަކީ ގާނޫނީ ބާރު ލިބިދޭ ކަމެއް ނޫނެވެ. އެހެން ކަމުން ޖެނުއަރީ 20، 2025 ގައި ޓްރަމްޕު ދެވަނަ ދައުރަކަށް ހުވާ ކުރުމާއެކު މި އަޑުއެހުމަށް ވާނެ ގޮތަކާމެދު ވަނީ އެތައް ސުވާލެއް އުފެދިފަ އެވެ.

ޓްރަމްޕު އަދި އޭނާގެ ވަކީލުން ބުނަނީ މިއީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ. ދައުވާ ކުރީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ނިއު ޔޯކުގެ ޑިސްޓްރިކް އެޓާނީ އެކެވެ.

މި ކަންކަމަށް ބަލައި ދައުވާ ބާތިލުކޮށް މައްސަލަ އެއްކޮށް އޮއްބާލުމަށް ޓްރަމްޕުގެ ވަކީލުންގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox