ފްރާންސް އާއި އިޓަލީ ނޭޝަންސް ލީގު ކުއާޓާ އަށް

Nov 15, 2024, 4:54 AM
ފްރާންސް އާއި އިޓަލީ ނޭޝަންސް ލީގު ކުއާޓާ އަށް

ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 15) - ޔުއެފާ ނޭޝަންސް ލީގު އޭގައި ރޭ ކުޅުނު މެޗުތަކުގައި ނެރުނު ނަތީޖާތަަކަށް ފަހު ކުއާޓާ ފައިނަލުން އިޓަލީ އާުއި ފްރާންސުން ޖާގަހޯދައިފި އެވެ.

ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ އިޓަލީން ވަނީ ރަށުންބޭރުގައި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން އިޒްރޭލާ ކުޅެގެން ފްރާންސް ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

ގްރޫޕްގެ އެއް ވަނައިގައި އިޓަލީ އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފްރާންސަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމަށް ގްރޫޕްގެ ގަދަ ދޭއް ކަށަވަރުވެ، ކުއާޓާގެ ޖާގަ ވަނީ ޔަގީންވެފަ އެވެ. މި ގްރޫޕްގެ ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް އިޒްރޭލަށް ފަސް މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

Advertisement

ބެލްޖިއަމް ދަނޑުގައި ކުޅެގެން އިޓަލީން މި މެޗުން ކާމިޔާބުކުރީ މެޗުގެ ކުރީކޮޅުގައި ލަނޑު ޖަހައިގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 11 ވަނަ މިނިޓްގައި ސަންޑްރޯ ޓޮނާލީ އެވެ. މިއީ ޖިއޮވާނީ ޑި ލޮރެންޒޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ޓޮނާލީ ޖެހި ގޯލެކެވެ. ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި، ބެލްޖިއަމްގެ ވައުޓް ފައެސް ބޮލުން ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ފްރާންސުން އިޒްރޭލް ކޮޅަށް 24 ހަމަަލާ ފޮނުވާލިއިރު، އިޒްރޭލްގެ ގޯލްކީޕަރު ޑެނިއަލް ޕެރެޓްޒް ވަނީ ފްރާންސުން ފޮނުވާލި އަށް ހަަމަލާއެއް ހުއްޓުވައިފަ އެވެ.

އަންނަ އަހަރު މާޗް މަހު ކުޅޭ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވަނީ، އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނާއި ޖަރުމަނެވެ.

ލީގު އޭ އަށް ޕްރޮމޯޓްވާން އިންގްލެންޑަށް މުހިންމު މޮޅެއް

ނޭޝަންސް ލީގުގެ ލީގު ބީގެ ދެ ވަނަ ގްރޫޕްގައި އިންގްލެންޑުން ވަނީ ރަށުންބޭރުގައި ކުޅުނު މެޗުގައި 3-0 އިން ގްރީސް ބަލިކޮށްފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ގްރީސް އިން ވަނީ ވެމްބްލީގައި، 2-1 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. އެކަމަކު، އެތަންސްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑް ފެނުނީ ތަފާތު ރޫހެއްގައި ކުޅެ ނަތީޖާ ނެރުނުތަނެވެ.

އިންގްލެންޑް ޓީމަށް ރޭގެ މެޗުގައި ލީޑުނަގައިިދިނީ ހަތް ވަނަ މިނިޓްގައި އޮލީ ވަޓްކިންސް އެވެ.

އިންގްލެންޑުން ފަހު ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 78 ވަނަ މިނިޓްގައި އިންގްލެންޑްގެ ދެ ވަނަ ގޯލަކީ ގްރީސްގެ ކީޕަރު، އޮޑީސިއަސް ވްލަޝޯޑިމޯސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި އިންގްލެންޑްގެ ފަހު ގޯލު ޖެހީ، 83 ވަނަ މިނިޓްގައި ކާޓިސް ޖޯންސް އެވެ. މިއީ، އިންގްލެންޑްގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަަމަ ގޯލެވެ.

މި ނަތީޖާއާ އެކު، މި ގްރޫޕްގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައި، ދެ ވަަނައިގައި އޮތް ގްރީސް އަށް ވެސް ފަސް މެޗުން 12 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ އެއް ވަނަ އަށް ލީގު އޭގެ ސީދާ ޕްރޮމޯޝަނެއް ލިބޭނެ އެވެ. ދެ ވަނަ އަށް ދާ ޓީމެއް ޖެހޭނީ ލީގު އޭ އަށް ޕްރޮމޯޓްވާން ޕްލޭއޮފެއް ކުޅޭށެވެ.

މި ގްރޫޕްގެ ތިން ވަނައިގައި އޮތީ، ފިންލެންޑް އަތުން 1-0 އިން މޮޅުވި އަޔަލެންޑް އެވެ. އަޔަލެންޑަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗު ކުޅެގެން ފުލުގައި އޮތް ފިންލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox