އިހުސާންގެ އިންޒާރު: ގޭންގު ކުށްތައް ހުއްޓުވަން އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން!

ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގޭންގު ކުށްތަކަށް ދާއިމީ ނިމުން ގެނައުމަށް ގާނޫނުތައް އިސްލާހުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެއްވައިފި އެވެ.

ހިޔާ 9 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުނު ދިވެއްސަކު ސަލާމަތްކޮށް، 12 މީހަކު ހައްޔަރުކުރުމަށް ފަހު، ރޭ ދަންވަރު މިނިސްޓަރު އިހުސާން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަދުގެ ސަރުކާރަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ވަރަކަށް ދޫދެއްވާނެ ކަމެއް ނޫން ކަމަށެވެ.

"ކުށްކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

Advertisement

ބައެއް އެޕާޓްމެންޓުތަކަކީ ކުށުގެ ހާލިތަކެއްކަން ފާހަގަ ކުރައްވައި، އިހުސާން ވިދާޅުވީ އެ ތަންތަން ކުއްޔަށް ހިފައިގެން ތަކުރާރުކޮށް ކުށްކުރާކަން ފާހަގަ ކުރެވޭނެ ނަމަ ގާނޫނުގެ ތެރެއިން އެ ތަންތަން ދައުލަތަށް ނެގޭ ކަމަށް ވާނަމަ ގަނާގަނެ ކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގައި ހުރި އެފަދަ ތަންތަނުގެ ވެރިންނާ ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭންގު ކުށްތައް އިތުރުވެގެން ދިޔައީ ގާނޫނުތައް ހުރި ގޮތުންކަން އިހުސާން ވިދާޅުވި އެވެ.

"ރާއްޖޭގައި ގާނޫނުތައް ހެދިގެން އައިއިރުގައި ކުށްކުރާ ފަރާތަށް ރައްކާތެރިކަން ހޯދަ ދިނުމަށްޓަކައި ކުށްކުރާ ފަރާތް ސަލާމަތްކުރުމަށްޓަކައި ހެދެން އޮތް ހުރިހާ ގާނޫނެއް ހަދައިގެން އަޅުގަނޑުމެން މިތިބީ، އަޅުގަނޑުމެންނާ ހިސާބަށް އައިއިރު،" އޭނާ ވިދާޅުވި އެވެ.

ކުށުގެ މާހައުލުން މީހުން ދުރުކުރުމަށްޓަކައި ކުށަށް ނުދާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރުމުގެ އެހާ ބޮޑު ވިސްނުން އޮތްކަން ކުރިން ފެންނަން ނެތް ކަމަށާއި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރަނީ އެހެންވެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ގޭންގު ކުށްތަކާ ގުޅޭ ގާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނެވެ. އެ ދެ ގާނޫނު އިސްލާހުކޮށް، ތަކުރާރުކޮށް ކުށްކުރާ ތަންތަން ގާނޫނުގެ ތެރެއިން ދައުލަތަށް ނެގުމަކީ އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ވެސް މި ބަލަން، ދެކެން ބޭނުންވާ ދުވަހަކީ މި ހުށަހަޅާ ގާނޫނު ވުޖޫދަށް އައިސް އަމަލީ ސިފަ ގެންނަން އަޅުގަނޑުމެން ބޭނުންވާ ދުވަސް. އެއީ އަޅުގަނޑު ދަންނަވާނީ މިހާރު މި އުފެދިފައި އޮތް ކުށުގެ މާހައުލު ހައްލު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު،" އިހުސާން ވިދާޅުވި އެވެ.

"މިކަމަށް ހައްލެއް ލިބޭނެ އަޅުގަނޑުމެން މި ގާނޫނުތަކަށް ގެންނަ ބަދަލުން."

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިހާރު ވެސް ކުށުގެ މާހައުލު އޮތް މިންވަރުން ފުލުހުންނަށް ކަންކަން ކުރެވޭނެ ވަރަށް ގާނޫނުގެ ތެރެއިން ލިބެންޖެހޭ ބާރާއި ހަތިޔާރު ހުރި ކަމަށް ވެސް އިހުސާން އެއްބަސްވެވަޑައިގަތެވެ. ނަމަވެސް، ބައެއް ގާނޫނުތައް ހުރި ގޮތުން ވަރަށް ފަސޭހަ ކަމާއެކު ކުށްކުރާ މީހުން ދޫވެގެން ދާކަން ވެސް އޭނާ ވިދާޅުވި އެވެ.

ކުށް ނުކުރާ މީހަކާމެދު ނުހައްގުން ފިޔަވަޅު އެޅިގެން ނުވާނެ ކަމަށާއި އެ ރައްކާތެރިކަން ވެސް އޮންނަން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އިންސާނީ ހައްގުތައް ވެސް ރައްކާތެރިވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ގައުމުގައި ތަންކޮޅެއް ފުޅާވެފަހެން މިއޮތީ. އެ ވީވީނުން ގޮސް ތަކުރާރުކޮށް އެންމެގެ ލޯމަތީގައި ކުށްކުރާ މީހާ ވެސް ކުޑަކުޑަ އިދާރީ ކުށެކޭ ކިޔާފައި ނުވަތަ ނަގަންޖެހޭ ދިމާލަކުން ނުނެގުމުގެ ފިޔަވަޅެކޭ ކިޔާފައި އެމީހާ ކުށްނުކުރާ ކަމަށް ހަދާފައި އެ މީހާ މުޖުތަމައުގެ ތެރެއަށް އެބަ ދޫވޭ،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox