"ޝާކް ޓޭންކްސް 16" މިއަދު ހިޓްސް ނައު ޗެނަލުގައި ޕްރިމިއާ ކުރަނީ

"ޝާކް ޓޭންކްސް 16" މިއަދު ހިޓްސް ނައު ޗެނަލުގައި ޕްރިމިއާ ކުރަނީ

އާއްމުންގެ މެދުގައި ވެސް މަގުބޫލު ރިއަލިޓީ ޝޯއެއް ކަމަށްވާ "ޝާކް ޓޭންކްސް"ގެ 16 ވަނަ ސީޒަން މިއަދު ހިޓްސް ނައު ޗެނަލުގައި ޕްރިމިއާ ކުރަން ހަމަޖެހިއްޖެ އެވެ.

މިއަދުން ފެށިގެން ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު 05:00 ގައި މީޑިއާނެޓްގެ ޗެނަލް "ހިޓްސް ނައު"އިން އެ ޝޯ ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޝާކް ޓޭންކްސް"އަކީ އެ ޝޯގެ ބައިވެރިން ވާދަވެރި މާހައުލެއްގައި ވިޔަފާރީގެ މަޝްވަރާތައްކޮށް އެންމެ ރަނގަޅު ހިޔާލެއް ގެންނަ ފަރާތެއް މޮޅުވާ ގޮތަށް ފަރުމާ ކުރެވިފައިވާ ރިއަލިޓީ ޝޯ އެކެވެ.

އެ ޝޯގެ 15 ސީޒަން މިހާތަނަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާއިރު އެއިން ކޮންމެ ސީޒަނެއްގައި ވެސް ބައިވެރިންނަށް ތަނަވަސް ފުރުސަތުތަކެއް ފަހިވެގެންދިޔަ އެވެ. އަދި އެ ޝޯ އަކީ ބެލުންތެރިންނަށް ވެސް ވިޔަފާރީގެ ފުރުސަތުތައް ތަނަވަސް ކުރަން ހިޔާލުތައް ލިބިގެންދާ ޝޯއެކެވެ.

މި ފަހަރުގެ ސީޒަން މިހާރު ވަނީ އެމެރިކާގައި ދައްކަން ފަށާފަ އެވެ. އެގޮތުން, ފާހަގަކޮށްލަން ޖެހޭ ކަމަކީ މީޑިއާނެޓުގެ ހިޓްސް ނައު ޗެނަލްގައި މިފަހަރު ސީޒަން ދައްކަން މި ފަށަނީ އެމެރިކާއާ ދާދި އެއްކޮށެވެ.

މީޑިއާނެޓަކީ މުނިފޫހި ފިލުވުމުގެ ދުނިޔެ ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 19 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެވެ.

ދިވެހި، ހިންދީ، އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

Newsletter

Get the latest news delivered straight to your inbox