ނޮޅިވަރަންފަރުން އިއުލާނު ކުރި 100 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓު ބާތިލު ކުރަން އަންގައިފި

ނޮޅިވަރަންފަރުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓްތައް: 100 ހައުސިން ޔުނިޓްގެ ލިސްޓު ބާތިލްކޮށް އަލުން ހުޅުވާލަން އެޗްއާރްސީއެމްއިން ވަނީ އަންގާފައި  -- ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

ނޮޅިވަރަންފަރުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓްތައް: 100 ހައުސިން ޔުނިޓްގެ ލިސްޓު ބާތިލްކޮށް އަލުން ހުޅުވާލަން އެޗްއާރްސީއެމްއިން ވަނީ އަންގާފައި -- ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓު ބާތިލު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންގައިފި އެވެ.

ހައުސިން ޔުނިޓުތައް ދޭ ލިސްޓު ބާތިލު ކުރަން އެޗްއާރްސީއެމްއިން އެންގީ އެ ރަށުގެ ބަޔަކު ހުށަހެޅި ޕެޓިޝަނެއްގެ މައްސަލަ ބެލުމަށްފަހު އެވެ.

ހައުސިން ޔުނިޓު ދޫކުރަން ކަނޑައެޅި އުސޫލު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން، ހައުސިން ޔުނިޓްތައް ދީފި ނަމަ އެ ހައުސިން ޔުނިޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ގެއްލިގެންދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

"މިކަމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއްކަމުގައި ދަންނަވަން. އެހެންކަމުން، މައްސަލައިގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާއަތްކުރާއިރު މި އުސޫލު އިސްލާހުކޮށް، މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމް އަލުން ރީ-އިވެލުއޭޓް ކުރުމަކީ ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ،" އެޗްއާރްސީއެމްއިން ބުންޏެވެ.

ހައުސިން ޔުނިޓްތައް ދޫކުރުމުގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިއުލާނު ކުރުމަށާއި އުސޫލު އިސްލާހުކޮށް އަލުން އިއުލާނު ކުރާއިރު ގާނޫނުއަސާސީގެ އިތުރުން ކަމާގުޅުން ހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާނެ ގޮތަށް އުސޫލު އެކުލަވާލުމަށް ނޮޅިވަރަންފަރު ކައުންސިލަށް އެޗްއާރްސީއެމްއިން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އެޗްއާރްސީއެމްގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox