ޑިޕާޓްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޕޮލިސް އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ވެރިޔަކަށް ޝަމީމް އައްޔަނުކޮށްފި

ޑިޕާޓްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޕޮލިސް އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ވެރިޔަކަށް ޝަމީމް އައްޔަނުކޮށްފި

ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ވެރިޔަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް އައްޔަންކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ޑެޕިއުޓީ ހެޑަކަށް ހުންނެވި ޝަމީމް ހެޑަކަށް ހަމަޖެއްސީ އޮކްޓޯބަރު 1، ގަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު "އަދަދު" އަށް ވިދާޅުވީ އިންޓެލިޖެންސްގެ ހެޑަކަށް ޝަމީމް ހަމަޖެއްސީ އޯގަނައިޒޭޝަންގެ ހިންގުމަށް ގެނައި ބަދަލާއެކު ވަރަށް ފަހުން ކަމަށާއި އެގޮތަށް ހަމަޖެއްސީ މަސައްކަތުގެ ފަސޭހައަކަށް ކަމަށެވެ.

"ހިންގުމުގެ ފަސޭހައަކަށް، ދުވަހުން ދުވަހަށް ހުރިހާ ކަމެއް އެބޭފުޅާ ކުރައްވާނެ. އަޅުގަނޑުގެ މަސައްކަތަށް ފަސޭހައަކަށް ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އެ ހުންނެވީ އައްޔަނު ކޮށްފައި. ހުރިހާ ޑައިރެކްޓްރޭޓް ކޮމާންޑް ހެޑުން ކޮމިޝަނާއަށް ރިޕޯޓް ކުރައްވާނީ. ކޮމިޝަނާ އޯވާސީ ކުރައްވާނީ،" ޝުޖާއު ވިދާޅުވި އެވެ.

މީގެ ކުރިން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްއަށް ވުރެ ދަށް ރޭންކެއްގެ އޮފިސަރެއް އިންޓެލިޖެންސްގެ ހެޑަކަށް އައްޔަނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެކްޓިން ހެޑެއް ގޮތަށް މަސައްކަތް ކޮށްފައިވެ އެވެ.

އިންޓެލިޖެންސްގެ ހެޑުގެ މަގާމަށް ޝަމީމް އައްޔަން ކުރިއިރު، އެ ޑިޕާޓްމަންޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ގާތްގަނޑަކަށް 30 އާ ގާތް ކުރާ އަދަދަކަށް އިންޓެލިޖެންސް ޑިރެކްޓްރޭޓުން މީހުން ބޭރުކޮށްފައިވާކަން އެނގެ އެވެ. އޭގެ ތެރޭގައި އެކި ޑިޕާޓްމަންޓުތަކުގެ ވެރިން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ނޮވެމްބަރު 21، ގައި އިންޓެލިޖެންސްގެ ވެރިޔަކަށް ޝަމީމް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ. އެ މަގާމުގައި ކުރިން ހުންނެވީ ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ފަރީދު އިސްމާއީލް އެވެ.

ފުލުހުންގެ ވަޒީފާއިން ޝަމީމް ވަކި ކުރަން 2021 ގައި ނިންމި އެވެ. ނަމަވެސް ޕޮލިސް ބޯޑުން ޝަމީމް ވަކި ކުރަން ނިންމި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ ޝަމީމް ވަކި ކުރަން ޕޮލިސް ބޯޑުން ނިންމީ ގޯސްކޮށް ކަމަށެވެ.

ޝަމީމަކީ ކުރިން ވެސް އިންޓެލިޖެންސް ޑިރެކްޓްރޭޓުގައި މަސައްކަތް ކުރި މީހެކެވެ. ނަމަވެސް އޭރު ދިމާވި މައްސަލަތަކަކާ ގުޅިގެން އޭނާގެ ޑިޕާޓުމަންޓު ބަދަލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox