ރައީސް އޮފީހުން ބުނަނީ އެމެރިކާއަށް ކުރި ދަތުރަށް ހަރަދުކުރީ 2.4 މިލިއަން ރުފިޔާ ކަމަށް

އދ. ގެ ޖެނެރަލް އެސެމްބްލީގައި ރައީސް އަދި އޭރުގެ ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ރައީސް އަދި އޭރުގެ ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.

އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.

މި ދަތުރު ރައީސް ކުރެއްވީ ސެޕްޓެމްބަރު 20 އިން 29 އަށެވެ. އެމަނިކުފާނާ އެކު ބޮޑު ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަތެވެ. އެ މަޖިލީހުގައި ރައީސް ތަގުރީރު ކުރެއްވި އެވެ.

މިއަދު ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ނުވަ ދުވަހުގެ އެ ދަތުރަށް 2,455,583.01ރ. ހަރަދުކުރި އެވެ. އެ ފައިސާ ހަރަދުކުރި ދާއިރާތަކުގެ އެއްވެސް ތަފްސީލެއް ހާމަނުކުރެ އެވެ.

Advertisement

ރައީސް އާއެކު އދ. ގެ މަޖިލީހަށް ދިޔަ ދިވެހި ވަފުދުގައި އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އާއި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ. ވަފުދުގައި ބައިވެރިވި އޮފިޝަލުން ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ގިނަ އަދަދެއްގެ ބަޔަކާ ރައީސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުން ރާއްޖެއަށް ގިނަ ކަންކަން ފަހިވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އަދި މިހާތަނަށް އެކަމުގެ ތަފްސީލުތަކެއް ހާމަކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox