ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެއިން 6692 އުޅަނދެއް ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.
ފުލުހުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފުލުހުން ހިފަހައްޓައި ބަލާ ފާސްކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 5427 ސައިކަލަކާއި 1266 ކާރެކެވެ. އަދި މީގެއިތުރުން 482 އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. އެއީ 394 ސައިކަލާއި 88 ކާރެވެ.
ލައިސެންސް ނެތި 112 އުޅަނދެއް ދުއްވާފައިވާއިރު މީގައި ހިމެނެނީ 102 ސައިކަލާއި 10 ކާރެވެ.
430 ސައިކަލަށާއި 85 ކާރަށް ނަސޭހަތްދީފައި ފޮނުވާލިއިރު 20 ސައިކަލު ވަނީ ޓޯ ކޮށްފަ އެވެ. 43 އުޅަނދެއް ނުރައްކާތެރިކޮށް ދުއްވައިގެން ހުއްޓުވާފައިވާ އިރު 182 އުޅަނދެއް ވަނީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން ހުއްޓުވައިފަ އެވެ.
ފުލުހުން ހާމަކުރި މި ތަފާސް ހިސާބުތަކަކީ ސެޕްޓެމްބަރު 12 އިން ސެޕްޓެމްބަރު 30 އާ ހަމައަށް ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ މައުލޫމާތެވެ.

މި މަސައްކަތަކީ ފުލުހުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.













