ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ނެތް: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކުޑަކުޑަވެސް ސަބަބެއް ނެތް ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކުޑަކުޑަވެސް ސަބަބެއް ނެތް ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކުޑަ ސަބަބެއް ނަމަވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް އެކްސްގައި ވިދާޅުވީ، މި ފަހުން ރާއްޖޭގެ 25 ރަށަށް ދެވުނުއިރު ރައީސް މުއިއްޒުގެ ސަރުކާރު ރަނގަޅޭ ބުނި އެންމެ މީހަކާ ވެސް ދިމާނުވާ ކަމަށެވެ.

"މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް ފާއިތުވި 17 އަހަރު ނުދެކެން. ފަށާފައި ހުއްޓިފައި ހުރި ޕްރޮޖެކްޓެއް ހުރީ ހުއްޓިފަ. އަލުން އާ ކަމެއް ނުކުރެވޭތަނުގައި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކުޑަކުރުމުގެ ސަބަބުން އާއިލާތައް މިވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފަ،" އޭނާ ލިޔުއްވާފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ކަންކަން ހަމައަކަށް އެޅި ރައްޔިތުން އެދޭ ގޮތަށް ރައީސް ވެރިކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުންތަކާއެކު ރައްޔިތުންގެ ލާބަޔަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ސަރުކާރާމެދު ނުރުހުން ފާޅުކޮށް އައްބާސް ޕޯސްޓުތަކެއް ކުރައްވަމުން ގެންދަވާއިރު އޭނާގެގެ ދަރިފުޅު ހިމެނޭ ގޮތަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް އޮފިޝަލުންތަކެއް ސަރުކާރުން ވަނީ ސެޕްޓެމްބަރު 26، ގައި ވަކިކޮށްފަ އެވެ.

އެމްޑީއޭ އަކީ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ތާއީދުކުރީ ޕީއެންސީއަށެވެ. އެއާއެކު ރައީސް މުއިއްޒު އެކުލަވާލި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުން ފެށިގެން އެމްޑީއޭގެ މެންބަރުންނަށް ވަނީ މަގާމުތައް ދީފަ އެވެ.

އެ ޕާޓީގެ "ސްލޮޓު" ތަކުގައި ތިބި ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަން ސަރުކާރުން ނިންމާފައި މިވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވަނިކޮށެވެ. އެ ވާހަކަ މި ނޫހުން ރިޕޯޓު ކޮށްފައިވާނީ ސެޕްޓެމްބަރު 19، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox