ގެސްޓްރޮނޮމީ ޓުއަރިޒަމާ ގުޅޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ސީޖީއެމް ބައިވެރިވެއްޖެ

ގެސްޓްރޮނޮމީ ޓުއަރިޒަމާ ގުޅޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ސީޖީއެމް ބައިވެރިވެއްޖެ

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ, އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (ކޮމްކެކް) ކޯޑިނޭޝަން އޮފީހުން ބާއްވާ 23 ވަނަ ކޮމްކެކް ޓުއަރިޒަމް ވޯކިން ގްރޫޕު ބައްދަލުވުމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި އިއްޔެއިން މިއަދުގެ ނިޔަލަށް ބޭއްވި އެ ބައްދަލުވުމުގެ މައުލޫއަކީ "ޑިވެލޮޕިންގ އެންޑް ބްރޭންޑިން ގެސްޓްރޮނޮމީ ޓުއަރިޒަމް ޑެސްޓިނޭޝަންސް ވިތިން އޯއައިސީ" ނުވަތަ އޯއައިސީގެ ގައުމުތަކުގައި ގެސްޓްރޮނޮމީ ޓުއަރިޒަމް މަންޒިލުތައް ތަރައްގީކުރުމާއި ބްރޭންޑުކުރުމެވެ.

ރާއްޖޭގެ ވަފުދުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް, ޝެފް ފާތިމަތު އުމަރު އެވެ.

ފާތިމަތި އުމަރު ވަނީ ގެސްޓްރޮނޮމީ ޓުއަރިޒަމްގައި ދިވެހިރާއްޖޭގެ ތަޖުރިބާ (ކޭސް ސްޓަޑީޒް) ހިއްސާކުރައްވައި, ގެސްޓްރޮނޮމީ ޓުއަރިޒަމް ތަރައްގީކޮށް ބްރޭންޑުކޮށް އަދި ޕޮޒިޝަން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރިކޮމެންޑޭޝަންސް ބައްދަލުވުމުގައި ހިއްސާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު ދެ ގައުމު ކަމުގައިވާ ޔޫގަންޑާގެ އިތުރުން ދިވެހިރާއްޖޭގެ ތަޖުރިބާ އަދި ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާކޮށް މަޝްވަރާކުރި އެވެ.

ފާތިމަތު އުމަރަކީ "އެގްޒެކެޓިވް ޝެފް"ގެ މަގާމު ރާއްޖޭގައި އަދާކުރެއްވި އެންމެ ފުރަތަމަ އަންހެން ޝެފް އެވެ. އޭނާއަށް ވަނީ 2024 ގައި ކަލިނަރީ އާޓްސްގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ. އަދި 2022 ގައި ސީޖީއެމް ޝެފް އެވޯޑްސްގައި "އެޑިއުކޭޝަން ޝެފް"ގެ އެވޯޑު ވެސް އޭނާ ހާސިލް ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މަޝްވަރާގެ އަލީގައި ގައުމުތަކުގައި ގެސްޓްރޮނޮމީ ޓުއަރިޒަމް ތަރައްގީކުރަން މެންބަރު ގައުމުތަކަށް ހުށަހަޅާނެ ޕޮލިސީ ރެކޮމެންޑޭޝަންސްތަކެއް ކަނޑައަޅައި، އެ ޕޮލިސީ ރެކޮމެންޑޭޝަންތައް, ކޮމްކެކްގެ 40 ވަނަ މިނިސްޓީރިއަލް ސެޝަނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ޝެފްސް ގިލްޑްއަށް ފުރުސަތު ފަހިކޮށްދިނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

ސީޖީއެމްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަރންމެންޓް ޖަމިއްޔާއެވެ. އެ ޖަމްޢިއްޔާގެ މަގްސަދަކީ ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ.

އެ ޖަމިއްޔާއަކީ ދުނިޔޭގެ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން ރާއްޖޭގެ ގައުމީ ކަލިނަރީ ޖަމްޢިއްޔާގެ ގޮތުގައި އެންޑޯޒްކުރާ ޖަމިއްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox