ފަލަސްތީނުގެ ނަސްލު ނައްތާލައި ނިމޭއިރު އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކޮށްފާނެ: ޔާމީން

ރައީސް ޔާމީން ރޭގެ ޖަލްސާގައި: އިޒްރޭލު އެންމެންގެ ޕާސްޕޯޓު މަނާ ކުރުން ރަނގަޅު ނޫން ކަމަށް ފަހުން ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ތޭރަ އޮންލައިން

ރައީސް ޔާމީން ރޭގެ ޖަލްސާގައި: އިޒްރޭލު އެންމެންގެ ޕާސްޕޯޓު މަނާ ކުރުން ރަނގަޅު ނޫން ކަމަށް ފަހުން ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ތޭރަ އޮންލައިން

ފަލަސްތީނުގައި ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނުމަށްފަހު އެ މަސައްކަތް ނުކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުން ނައްތާލުމުން ދިވެހި ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ނުކުރުމުގެ އުޒުރަކަށް މި ސަރުކާރުން ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތު ކަމަސް ޕީޕަލްސް ނެޝަނަލް ފްރަންޓުގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ އިޖުރާއަތުތައް އޮއްވައި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކުންފުނީގެ ގާނޫނަށް ކުޑަ އިސްލާހެއް ގެނެއިކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

"އެއްކޮޅުން އަޅުގަނޑުމެން މި ބުނަނީ އިސްލާމީ ދައުލަތެއް ނޫން ނަމަ އިސްލާމީ ނަސްލެއް ނައްތާލަނީއޭ. މިކޮޅުގައި މި ތިބީ އިޖުރާއަތުގައި އަޅައިގަނެފައި. ނަސްލު ނައްތާލައި ނިމޭއިރު އިޖުރާއަތުން ޖާގަ ލިބޭ ދުވަހަކުން ﷲ ގެ ރަހުމަތުން ތިކަން ފާސްވާނެ ކަންނޭނގެ،" ޔާމީން ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އޮތީ ހުށަހަޅައިފަ އެވެ. ކޮމިޓީއަކަށް މިހާރު ފޮނުވައިގެން އުޅެނީ އެ ބިލެވެ. އެ ބިލު އެހެން އޮއްވައި، ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން ސަރުކާރުން އިއުލާނު ކުރީ ޖޫން 2، 2024، ގަ އެވެ.

ނަމަވެސް އެއަށްފަހު އެންމެ ދެ މަސް ދުވަސް ވެސް ނުވަނީސް ސަރުކާރުން ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ ގޮތުން ތަފާތު ވާހަކައެއް ދައްކައި، ވާހަކަ ބަދަލުކޮށްގަ އެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" ޖުލައި 13، ގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox