މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަޑިބުރު ކައިރީގައި ހުންނަ މ. ނަލަހިޔާ މަންޒިލްގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 57 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ ކާކުކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 11:33 ހާއިރު އެވެ. އެއާއެކު ފޮރެސިކް ޓީމާއެކު ފުލުުހުން އެ ގޭގައި ހަރަކާތްތެރިވި އެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ބޮޑީ ބޭގެއްގައި ފުލުހުން ވަނީ ގެންގޮސްފަ އެވެ.
މަރުގެ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.














