ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓު ހިނގީ ޗެނަލް ޕާކުގެ ބްރިޖެއް މަތިން ލޮރީއަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 24 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މަންޒަރު ދުށް މީހަކު "އަދަދު" ނޫހަށް ބުނި ގޮތުގައި އެ މީހާގެ ހަބަރު އޮތީ ހުސްވެފަ އެވެ. ސައިކަލު ގޮސް ޖެހުނީ ލޮރީގެ ފަހަތުގައި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން މަގުތަކަށް ނެރުން ވަނީ ގިނަކޮށްފަ އެވެ.













