ލުކާކޫ ތަފާތު ދައްކައި ނަޕޯލީ މޮޅުކޮށްދީފި، އިންޓަ އެއްވަރު

Sep 16, 2024, 2:37 AM
ލުކާކޫ ތަފާތު ދައްކައި ނަޕޯލީ މޮޅުކޮށްދީފި، އިންޓަ އެއްވަރު

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 16) - އިޓާލިއަން ލީގުގައި ރޭ ރޮމެލޫ ލުކާކޫ ތަފާތު ދައްކައި 4-0 އިން ކަލިއަރީ އަތުން ނަޕޯލީ މޮޅުކޮށްދިންއިރު، އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާން މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެ އެވެ.

ޗެލްސީ ދޫކޮށް ނަޕޯލީ އަށް ބަދަލުވެ ކުޅުނު ދެ ވަނަ މެޗުގައި ލަނޑެއް ޖެހުމުގެ އިތުރުން ލުކާކޫ ވަނީ ދެ ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.

ލުކާކޫ، ނަޕޯލީގެ ތިން ވަނަ ގޯލު ޖެހުމުގެ ކުރިން ފުރަތަމަ ދެ ގޯލު ޖަހަން، ޖިއޮވާނީ ޑި ލޮރެންޒޯ އާއި ކްވިޗާ ކްރަވަޝްކޭލިއާގެ ލަނޑުތަކަށް ފުރުސަތު ހޯދައިިދިނީ ލުކާކޫ އެވެ.

ނަޕޯލީގެ ފަހު ގޯލު ޖެހީ، އިތުރު ވަގުތުގައި އަލެސަންދްރޯ ބުއޯންޖިއޯރްނޯ އެވެ. މި މެޗުގައި، ނަޕޯލީ ޓީމަށް، ސްކޮޓްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ސްކޮޓް މެކްޓޮމިނޭ އާއި ބިލީ ގިލްމޯ ވަނީ ކުޅެފަ އެވެ. މިއީ، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދިޔަ، މެކްޓޮމިނޭ އާއި ބްރައިޓަން އިން ނަޕޯލީ އަށް ބަދަލުވި، ގިލްމޯ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ ކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މޮންޒާ އިން ލީޑުނެގީ، 81 ވަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ޑެނީ މޮޓާ އެވެ. އިންޓަ ބަލިވާން ދަނިިކޮށް ސަލާމަތްވީ، 88 ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރީސް ލަނޑު ޖަހައި އެއްވަރުކުރުމުންނެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންްޓް ހޯދައިގެންނެވެ.

ލީގުގައި މި ހަފްތާގައި އޭސީ މިލާނުން ވަނީ 4-0 އިން ވެނެޒިއާ ބަލިކޮށްފަ އެވެ. އެމްޕޮލީ އާއި ޔުވެންޓަސް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox