އަމިއްލަ ދެ ދަރިން ހިމެނޭހެން ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި މީހަކު ހައްޔަރުކުރީ މާލެއިން ކަމަށެވެ. އެ މީހާއާ ގުޅުވާ މިއަދު ހުށަހެޅި، ބަލަމުންދަނީ ހައްޔަރުކުރި މީހާގެ އަމިއްލަ ދެ އަންހެން ދަރިންނާއި އާއިލާގެ އެހެން ކުއްޖަކަށް ޖިއްސީ ގޯނާކުރި މައްސަލަ އެވެ.
އެއީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުންގެ ހިދުމަތުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތައް، ހާއްސަކޮށް ކުޑަކުދިން ޝާމިލުވާ މައްސަލަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ބަަލަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ އެވެ.












