މޫޑީސްގެ ޑައުންގްރޭޑާ އެކީ ވެސް ފިނޭންސުން ދެއްކީ އާމްދަނީ އާއި ހަރަދުގެ ރިފޯމްގެެ ވާހަކަ

ފިނޭންސް މިނިސްޓަރު (މ) މަޖިލިސް ކޮމިޓީއެއްގައި: މޫޑީސްގެ ޑައުންގްރޭޑާ އެކީ ވެސް ފިނޭންސުން ދެއްކީ އާމްދަނީއާއި ހަރަދުގެ ރިފޯމްގެެ ވާހަކަ

ފިނޭންސް މިނިސްޓަރު (މ) މަޖިލިސް ކޮމިޓީއެއްގައި: މޫޑީސްގެ ޑައުންގްރޭޑާ އެކީ ވެސް ފިނޭންސުން ދެއްކީ އާމްދަނީއާއި ހަރަދުގެ ރިފޯމްގެެ ވާހަކަ

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑު ކުރުމުން ވެސް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އާމްދަނީ އާއި ހަރަދުގެ ރިފޯމްގެެ ވާހަކަ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރީ ތަކެތީގެ އަގުބޮޑުވެ، ރާއްޖެއަށް މާލީގޮތުން ދިމާވެފައިވާ އެކި ދަތިތަކުގެ އިތުރުން ފައިސާ ހޯދުމަށް ދަތިވެ، ފިސްކަލް ރިފޯމް ތަންފީޒުކުރުން ލަސްވުމުން ކަމަށެވެ.

ރާއްޖެއިން ފިސްކަލް އަދި ދަރަނި މެނޭޖްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ތައްޔާރުވެފައިވާކަން ފާހަގަކޮށް ފިނޭންސުން ބުނީ ސަރުކާރުން ދަނީ އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން ކަމަށެވެ.

ފިނޭންސުން ބުނީ އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެގޮތުން ރިފޯމްއަށް ކުރާ މަސައްކަތަށް ބައިނަލްއަގުވާމީ އެޖެންސީތަކުގެ އެހީތެރިކަން ލިބޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެއިތުރުން ސަރުކާރުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ ސިޔާސަތުތައް ތަންފީޒުވުމުން މި އަހަރާއި މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރެވޭނެ ކަމަށެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން "ސީސީ" އަށް އޯގަސްޓް 29، ގައި ދަށް ކުރުމުމާ ގުޅިގެން ވެސް ފިނޭންސުން ދެއްކީ ރިފޯމްއަށް ކުރާ މަސައްކަތުގެ ވާހަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox