ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހޮޅުދޫގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓު ލިބިގެން އެޓެންޑުވެ، އެ ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔަ ކަމަށެވެ. ގެންދިޔުމުން އޭނާ އޮތީ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި މަރުވީ ނ. ހޮޅުދޫ، ނިއުލައިފް، ޒަކިއްޔާ މޫސާ، 50، އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.












