މާލޭގައި ހިންގާ ގެސްޓްހައުސްގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެ މީހާ ފެނުނީ ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގޮސް ބެލިއިރު ކަމަށެވެ.
އެތަނަށް ގޮސް އެ ކޮޓަރިއަށް ވަދެ ބެލުމުން ޒަހަމްތަކަކާއެކު އޮއްވާ އެ މީހާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ދިވެހި ފިރިހެނެކެވެ. އޭނާގެ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ނުދެ އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔުމުން އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގެސްޓުހައުސް ގައި ފުލުހުންގެ ތަހުގީގީ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.














