ދެ ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިފި، ތިން މީހަކަށް ފަރުވާދެނީ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ސައިކަލު --- ފޮޓޯ: އެމްވީ ކްރައިސިސް

މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ސައިކަލު --- ފޮޓޯ: އެމްވީ ކްރައިސިސް

ދެ ސައިކަލެއް ޖެހި މާލޭގައި އަނެއްކާ ވެސް މިރޭ އެކްސިޑެންޓެއް ހިނގައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 6:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ މާފަންނު ބަސް ސްޓޭޝަން ކައިރިން ބޮޑުތަކުރުފާނު މަގުގަ އެވެ.

އެކްސިޑެންޓުވި ޖީއެން ސައިކަލަކާއި ވޭވް ސައިކަލެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން އަނިޔާވި މީހަކު ނުފެނެ އެވެ. ނަމަވެސް ދެ ސައިކަލަށް ފުދޭވަރަކަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ފިރިހެނަކަށާއި ބިދޭސީ ދެ ފިރިހެނުންނަށް ކަމަށެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށްވެ އެވެ. ނަމަވެސް އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. އެއްވެސް މީހެއްގެ ހާލު ސީރިއަސް ކަމަކަށް ވެސް ނުބުނެ އެވެ.

ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހުން މާލޭގައި އެކްސިޑެންޓުތައް ވަނީ ގިނަވެފަ އެވެ. އެގޮތުން ހުޅުމާލެ އަދި މާލޭގައި ސައިކަލަކާއި ކާރެއް ޖެހުނު އެކްސިޑެންޓަކާއި މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވި ދެ މީހުން ވަނީ މަރުވެފަ އެވެ.

އިއްޔެ އެކަނިވެސް މާލެ ސަރަހައްދުގައި ތިން އެކްސިޑެންޓެއް ހިނގި އެވެ.

މަގުމަތީގެ އެކްސިޑެންޓުތައް މި ދުވަސްވަރު ގިނަވެފައިވާއިރު، ސަރުކާރުން ވަނީ އެކްސިޑެންޓުތައް ހުއްޓުވަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މި ފިޔަވަޅުތައް އަޅަން ނިންމީ ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.

އެގޮތުން، ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލައި، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮނުހިރު ދުވަހު ނިންމެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox