ހުލާސާކޮށް އިއްޔެ: ގައުމިއްޔަތަކީ ސިޔާސީ ބޭނުމުގައި އަޅުވެތިކުރާ ދެބޯގެރި ފިކުރެއް

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު

ގައުމިއްޔަތަކީ އިސްލާމީ ހަޟާރަތާ ފުށުއަރާ، ފިކުރުގެ މުއްސަދިކަން ނައްތާލައި ސިޔާސީ ބޭނުމުގައި ފަރުދުން ގައިދުކޮށް، އަޅުވެތިކުރަން ބޭނުންކުރާ ދެބޯގެރި ފިކުރެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރާއްޖޭގައި ފާހަގަ ކުރި ގައުމީ ދުވަހާ ގުޅިގެން ގައުމިއްޔަތާމެދު ސަވާދުގެ އިލްމީ ނަޒަރިއްޔާތު އެކްސްގައި ހިއްސާ ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ ފިކުރެއްގެ ނަން ގެނެސްފައެއް ނެތެވެ. ނަމަވެސްމ ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ގައުމިއްޔަތު ކުރިއެރުވުމެވެ.

ސަވާދަކީ، ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ކޮއްކޮ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސަވާދުގެ އެކްސްގައި ކުރެއްވި ޕޯސްޓުތަކުގައި ވިދާޅުވީ ގައުމިއްޔަކީ "ވަންހަވަންތަ" ގަބީލީ ޖަޒުބާތެއް ކަމަށެވެ.

ދުނިޔޭގެ ހަޟާރަތުގައި ގައުމިއްޔަތަކީ ހުޅަނގު ޔޫރަޕުގެ ތާރީހީ ހާދިސާތަކެއްގެ ތެރެއިން އުފަންވި ފިކުރެއްކަން ފާހަގަ ކުރައްވައި ސަވާދު ވިދާޅުވީ އެއީ މަވަންތަކަން އިސްކޮށް، ވަތަނީ ޖަޒުބާތު ނޫން އެއްޗެއް ކުރިއަށް ނުނެރޭ ހަގީގަތެއް ކަމަށެވެ. އަދި އެއީ "އިސްލާމީ ހަޟާރަތާއި ފުށުއަރާ ފަލްސަފާއެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމިއްޔަތަކީ މުސްލިމުންގެ އުޚުއްވަތްތެރިކަމުގެ އުންމަތް ބައިބައިކޮށް ހަލާކުކޮށް އެ މައްޗަށް ވަކި ނަސްލެއް، ބަހެއް، ތާރީހެއް ނުވަތަ ސަގާފަތަކަށް ނިސްބަތްވާ ބަޔަކު ކުރިއަރުވާ ފިރުގާއެއް ކަމަށް ސަވާދު ވިދާޅުވި އެވެ.

ފަހުގެ ތާރީހުގައި ގައުމިއްޔަތުގެ ފަލްސަފާ ބޭނުންކޮށްފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ވަކި ބައެއްގެ ސިޔާސީ ބާރުވެރިކަމުގައި މީސްތަކުން ގައިދުކުރަން ބޭނުންކުރި "ދެބޯގެރި" ޕްރޮޕަގެންޑާއެއްގެ ގޮތުގައެވެ.

"ގައުމިއްޔަތުގެ އާހިރު މަންޒިލަކީ ތަފާތު ފިކުރުގެ މުއްސަދިކަން ނައްތާލާ، ދޭސީ ބިދޭސީ ފަރަގު އިސްކޮށް މީސްތަކުން ވަޖުދުކޮށް ބައިބައިކުރުން. ނާޓްޒީ ޖަރުމަނާއި ފެޝިސްޓު އިޓަލީއަކީ ޤައުމިއްޔަތުގެ އިންތިހާއީ ނަމޫނާ،" އޭނާ ވިދާޅުވި އެވެ.

ގައުމަކީ އެއްވެސް ކަމެއްގެ ޒިންމާއެއް ނަގާނެ، ޒިންމާދާރު ކުރެވޭނެ ޝަހުސަކަށް ނުވާއިރު، ދައުލަތަކީ މީސްތަކުން ރުހުންދީފަވާ ދުސްތޫރެއްގައި ބަޔާންކުރާ ދުސްތޫރީ އެންމެ އިސް ޝަހުސް ކަމަށް ވާތީ، ދައުލަތަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުން ގެންނާނެ ކަމަށް ސަވާދު ވިދާޅުވި އެވެ.

ނަމަވެސް، 'ޤައުމިއްޔަތު' ގެ ބަހުރުވަޔަކީ އަޅުވެތިކޮށް ދެބަސްވުމުގެ ޖާގަ ނުދޭ ހިޔާލީ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމިއްޔަތުގެ ބަހުރުވައިން ވާހަކަ ދައްކާނީ އަބަދުވެސް ސިޔާސީ ބާރުވެރިކަމަށް ނިސްބަތްކޮށް. ގިނަ ފަހަރު އެއީ އަފްރާދުންގެ ހައްގުތައް ގެއްލުވާލާ ޖާޒުބީ ޖާދޫއެއް،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ޤައުމިއްޔަތުގެ ވާހަކަ ދައްކާ ސަރުކާރަކާ ދެކޮޅުވާ ކޮންމެ މީހަކީ ގައުމުގެ ދުޝްމަނަކަށް ނުވަތަ. ބާޣީއަކަށް ވެދޭ. އެ ހިސާބުން ބަސް ހުއްޓި ނަފްސު ކަސްތޮޅުގަ ޖެހި ބުއްދި ތަޅުލެވޭ. މީގެ އިންތިހާ ސިޔާސީ މަންފާ ވަކި ބަޔަކު ނަގާނެ."

ސަވާދުގެ އެކްސްގެ މި ފީތާ ނިންމާލަމުން ވިދާޅުވީ މީސްތަކުންގެ މަންފާ އާއި އާންމު އިޖްތިމާއީ ޢަދާލަތާއި ފަރުދުންގެ ކުރިއެރުމާއި މިނިވަންކަން ގުޅެނީ ނިސްބަތްވާ ދައުލަތަށް ކަމަށާއި އަދުލުވެރި ޒިންމާދާރު ދައުލަތަކީ ހާލިސް ލޯތްބާއި ވަފާތެރިކަން ހައްގު ޝަހުސެއް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox