އަތުހަރުގެ މަރު: ޖަލަށް ގެންދިޔަ ސަބަބާއި މަރުވި ގޮތުގެ މިނިވަން ތަހުގީގަކަށް ޖަމިއްޔާތަކުން ގޮވާލައިފި

އަތުހަރުގެ މަރު: ޖަލަށް ގެންދިޔަ ސަބަބާއި މަރުވި ގޮތުގެ މިނިވަން ތަހުގީގަކަށް ޖަމިއްޔާތަކުން ގޮވާލައިފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާދަނިކޮށް އިއްޔެ މަރުވިއިރު އޭނާގެ ސިއްހީ ހާލަތަށް ބަލައި ރިމާންޑުގައި ބަންދު ކުރުމަށް ފުލުހުން ނިންމި ސަބަބު ތަހުގީގު ތެރެއިން ހޯދަން ޖެހޭ ކަމަށް އޭނާގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

އޭނާގެ މަރާ ގުޅިގެން އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެގޮތުން, އެ މައްސަލާގައި ފުލުހުން ސީންއަށް އެޓެންޑް ކުރި ގޮތާއި އެ ހިސާބަށް އެ މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި މެދު ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ވަނީ އަތުހަރުގެ ހައްޔަރު ކުރުމާއި އޭނާ މަރުވުމަށް ދިމާވި ހާލަތު މިނިވަންކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް އެޗްއާރުސީއެމް އާއި އިންޓަގްރިޓީ ކޮމިޝަން އަދި އެހެން މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

"ވަކިން ހާއްސަކޮށް، އާދަމް އަތުހަރު ހައްޔަރު ކުރެވުނުއިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި މަރްހޫމްގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑްގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމު ކަންކަން ކަމުގައި މި ޖަމިއްޔާތަކުން ގަބޫލުކުރަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ތަހުގީގުތަކުގެ ފުރިހަމަ މައުލޫމާތު އާއިލާއަށް ފޯރުކޮށްދީ އާއިލާއަށް އިހުތިރާމު ކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތައް ކުރިއަށްގެންދަން ވެސް ޖަމިއްޔާތަކުން ވަނީ އެދިފަ އެވެ.

"ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް."

އެ ޖަމިއްޔާތަކުން ވަނީ އެ މައްސަލައިގެ ތަހުގީގު ހާމަކަން ބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަން ހާމަކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ފުލުހުންގެ ކަސްޓޯޑިއަލްތަކާއި ހާލަތާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން މީހުން މަރުކަޒު ކޮށްފައިވާ ތަންތަނުގައި ބަދަލުކުރުމަށް މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

އަތުހަރު މަރުވުމާ ހަމައަށް ކަންކަން ހިނގައިދިޔަ ގޮތް

މާފަންނު ގެއެއްގައި އަންހެނަކު ރަހީނުކޮށްފައިވާ ކަމުގެ މައްސަލައެއް ހުށަހެޅުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ހާމަކުރީ އޮގަސްޓު 29, ގެ 21:31 ގަ އެވެ. ފުލުހުންގެ ވަޒީފާގައި އުޅެމުންދިޔަ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރީ އަތުހަރު އެވެ. އެ ދެ މީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ބާރުގެ ބޭނުންކޮށް އަތުހަރު ހުއްޓުވައި އަންހެން މީހާ ސަލާމަތް ކުރިކަން ފުލުހުން ހާމަކުރީ އެރޭ 22:38 ގަ އެވެ. އަންހެން މީހާ ސަލާމަތް ކުރުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ. އޭނާގެ ބޮލަށް ބޮޑު އަނިޔާތަކެއް ލިބުނުއިރު އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ހުކުރު ދުވަހުގެ ފަތިހު އޭނާ އައިޖީއެމްއެޗަށް ބަދަލުކުރުމަށް ފަހު އެ ދުވަހުގެ ހެނދުނު 08:00 ގައި އޭނާ ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. އެ ދުވަހުގެ މެންދުރު 12:24 ގައި ފުލުހުން ވަނީ އަތުހަރުގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް, ކަސްޓޯޑިއަލްގައި ހުއްޓައި އޭނާގެ ހާލަތު ގޯސްވެގެން ހުކުރު ދުވަހުގެ ރޭ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓުކުރި އެވެ. ފުލުހުން އެރޭ 22:37 ގައި ބުނީ އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ހޮޑުލާތީ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 10:46 ގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން އެ އިދާރާއިން ހާމަކުރި އެވެ. އެ ދުވަހުގެ 15:46 ގައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެހާ ހިސާބަށް ހެދި ޓެސްޓުތަކުގެ ނަތީޖާ ނޯމަލް ކަމަށެވެ.

"މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ބުނެފައިވޭ. ސައިކޭޓްރިސްޓް އަދި ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި ރަނގަޅު ކަމަށް މައުލޫމާތު ދީފައިވޭ. އައިސީޔޫގައި ފަރުވާ ދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރިކޮމެންޑު ކޮށްފައި ނުވޭ," ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އޭނާގެ ގައިރު ހާޒިރުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި ކަމަށް ކޯޓުން ނިންމި ކަމަށް ފުލުހުން ހާމަކުރީ އެ ދުވަހުގެ 16:58 ގަ އެވެ. އެއަށްފަހު އޭނާ ގެންދިޔައީ ދޫނިދޫ ކަސްޓޯޑިއަލްއަށެވެ.

އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން އަތުހަރަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ފުލުހުން ހާމަކުރީ ސެޕްޓެމްބަރު 1, ވަނަ ދުވަހުގެ ރޭ 19:42 ގަ އެވެ.

އަތުހަރު ދަންޖެހިފައި ހުރި މަންޒަރު ފެނުމާ ހަމައިން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނާ ޓައިމްލައިން:

  • 19:02: ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށް ދަން ޖެހިފައިވާ މަންޒަރު ފެނުން
  • 19:02: ޖަލު ގޮޅި ހުޅުވައި، އާދަމް އަތުހަރު ތިރީގައި ބޭއްވުން
  • 19:05: އާދަމް އަތުހަރު ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުން
  • 19:06: ދޫނިދޫ ކުލިނިކަށް ގެންދިޔުން އަދި ޑޮކްޓަރު އާދަމް އަތުހަރު ހާލަތު ބެލުން
  • 19:14: އާދަމް އަތުހަރު އެމާޖެންސީގައި ލޯންޗުގައި މާލެ ގެންދިޔުން
  • 19:17: އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލާންސަށް އެރުވުން
  • 19:25: އައިޖީއެމްއެޗް ހޮސްޕިޓަލުގެ އެމާޖެންސީއަށް ގެންދިޔުން

އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަން ފުލުހުން ހާމަކުރީ އެ ރޭ 21:57 ގަ އެވެ.

އޭނާ މަރުވީ ސެޕްޓެމްބަރު 2, ވީ ހޯމަ ދުވަހުގެ ހަވީރު 04:08 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox