ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: ވަކީލަށް ފުރުސަތު ނުދީ ބަންދުގެ މުއްދަތު ޖެހުމުން އިކްރާމު މިނިވަންވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: ވަކީލަށް ފުރުސަތު ނުދީ ބަންދުގެ މުއްދަތު ޖެހުމުން އިކްރާމު މިނިވަންވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމުގެ ބަންދު މަޖިލީހުގައި އޭނާގެ ވަކީލަށް ފުރުސަތު ނުލިބޭ ގޮތަށް ކަންކަން ހިނގާފައި އޮތުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމާ އެކު އޭނާ މިނިވަންވެއްޖެ އެވެ.

ވިނަރެސް ފުލެޓުތައް ކައިރީގައި ހިނގި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޯގަސްޓު 1، ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.

ނަމަވެސް, އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކްރާމުގެ ފަރާތުންނެވެ.

އިސްތިއުނާފީ މަޖިލީހުގައި އިކްރާމުގެ ފަރާތުން ބުނެފައި ވަނީ ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަކީ އަސާސީ ހައްގެއް ކަމަށްވީ ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުން އެ ފުރުސަތު އިކްރާމަށް ދީފައި ނުވާ ކަމަށެވެ.

އެގޮތުން ޝަރީއަތް ނިމެންދެން އިކްރާމު ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމި ދުވަހުގެ ހެނދުނު އިކްރާމުގެ ވަކީލު އައްޔަނު ވުމަށް އެދި ފުލުހުންގެ ކަސްޓޯޑިއަލަށް ފޯމު ހުށަހެޅި ކަމަށާއި އައްޔަނު ކޮށްފައިވާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލަށް ސްލިޕް ފޮނުވި ކަމަށް އިކްރާމުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް, ޝަރީއަތް ނިމެންދެން އިކްރާމު ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިކަން ވަކީލަށް އެނގުނީ އެ ދުވަހުގެ މެންދުރުފަހު މީޑިއާއިން ފެނުމުން ކަމަށް ހައި ކޯޓުގައި އިކްރާމުގެ ފަރާތުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ.

އަދި، ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެ މީހަކަށް އަންގަންވާނެ ކަމަށާއި ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭން ވާނެކަން ގާނޫނު އަސީސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ،

އޭގެއިތުރުން ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ހިމެނޭ ގޮތުން ޖިނާއީ މައްސަލައެއްގައި ކޯޓުތަކުގައި ވަކާލާތު ކުރުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު އަޑުއެހުން ބޭއްވުމުގެ 15 މިނެޓު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ހައި ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުން އިކްރާމުގެ މައްޗަށް ހުކުމް ކުރި ދުވަހު ކަން ހިނގައިފައިވާ ގޮތް:

  • އަމުރަށް އެދި ކޯޓަށް ފުލުހުންގެ ފޯމު ހުށަހެޅި ވަގުތު - 6:44
  • ވަކީލު އައްޔަނުވުމަށް އެދި ފޯމު ހުށަހެޅި ވަގުތު - 7:23
  • މުވައްކިލުގެ ފަރާތުން ވަކީލަށް ރުހުންދިން ވަގުތު - 8:28
  • ފުލުހުންގެ އިދާރާއިން ވަކީލު އައްޔަނު ކުރި ވަގުތު - 9:52
  • ވަކީލު އައްޔަނު ކުރެވިފައިވާކަން ވަކީލަށް އެންގި ވަގުތު - 10:06
  • ބަންދުގެ މަޖިލީހަށް އިކްރާމް ހާޒިރު ކުރި ވަގުތު - 10:00
  • ބަންދުގެ މަޖިލިސް ފެށި ވަގުތު - 10:04

ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެ ދުވަހު ކަން ހިނގައިދިޔަ ގޮތަށް ބެލުމުން ދަށު ކޯޓުގެ ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަނު ކޮށްފައިވީ ނަމަވެސް ވަކީލަށް އެކަން އެންގިފައި ވަނީ ބަންދުގެ މަޖިލިސް ފެށުމަށް ފަހުގައިކަން އެނގޭ ކަމަށެވެ. އެހެންކަމުން ބަންދުގެ މަޖިލިސް ނިމުނުއިރު ވެސް އިކްރާމުގެ ބަންދުގެ މަޖިލިސް ބާއްވާނެ ތަނަކާއި ގަޑިއެއް އޭނާގެ ވަކީލަށް ފުލުހުން އަންގާފައި ނުވާ ކަމަށް ހައި ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ޝަރީއަތް ނިމެންދެން އިކުރާމު ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރަން ނިންމާފައި ވަނީ ހައި ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖުލައި މަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއްވި އެވެ، އޭނާއަށް ފަރުވާ ދިނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox