އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު އަނެއްކާ ވެސް ހައްޔަރުކޮށްފި

އާދަމް އަތުހަރު: ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ވަނީ ގެންގޮސްފައި -- ފޮޓޯ: އަދަދު

އާދަމް އަތުހަރު: ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ވަނީ ގެންގޮސްފައި -- ފޮޓޯ: އަދަދު

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32 އަނެއްކާ ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބަންދަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އަތުހަރު މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުން ދޫކޮށްލުމާއެކު ކަސްޓޯޑިއަލްއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަހުތަރު ހުރީ ފުލުހުންގެ ހައްޔަރުގައި. މިއަދު ހެނދުނު ކަސްޓޯޑިއަލްއަށް ވަނީ ގެންގޮސްފައި. ހާލު ވެސް ރަނގަޅު،" ފުލުހުން ބުންޏެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އަހުތަރު އިއްޔެ ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ އިއްޔެ ހަވީރު އެވެ.

އަހުތަރުގެ އާއިލާއިން "އަދަދު" އަށް ބުނީ އޭނާގެ ހާލު ރަނގަޅަށް ކިޔައި ނުދީ، މުޅިން ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވާ ކަމަށެވެ.

"ސްޓޭބަލް ކަމަކަށް ގަބޫލެއް ނުކުރަން، އޭނާގެ ބުރަކަށްޓަށް ވެސް ގެއްލުންވެފައި ހުރީ، ލޮލާއި ބޮލަށް ވެސް ގެއްލުންވެފައި ހުރީ، ހާލަތު އެއްވެސް ވަރަކަށް ކިޔައެއް ނުދޭ، ބުނަނީ ހަމަ ސްޓޭބަލްއޭ ސްޓޭބަލްއޭ،" އާއިލާއިން ބުންޏެވެ.

އަހުތަރަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަހުތާރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.

އަހުތާރުގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި އޭނާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.

އަހުތަރު ރަހީނުކުރި އަންހެން މީހާއަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފުލުހެކެވެ. އޭނާއަށް ހާދިސާ ހިނގި ރޭ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox