މުގުރުން ޖެހުމުން އަނިޔާވި އަހުތާރުގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފި!

އަހުތާރު ހޮސްޕިޓަލުގައި. އެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފައި މިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ މިއަދު މެންދުރު ފުލުހުން މީޑިއާތަކަށް މެސެޖު ކޮށްފައި ވަނިކޮށް -- ފޮޓޯ: އެމްވީކްރައިސިސް

އަހުތާރު ހޮސްޕިޓަލުގައި. އެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފައި މިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ މިއަދު މެންދުރު ފުލުހުން މީޑިއާތަކަށް މެސެޖު ކޮށްފައި ވަނިކޮށް -- ފޮޓޯ: އެމްވީކްރައިސިސް

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަހުތާރު، 32އ ގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެފައި އޮއްވައި އޭނާގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

އަހުތާރުގެ ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލުކޮށްފައި މިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ މިއަދު މެންދުރު ފުލުހުން މީޑިއާތަކަށް މެސެޖު ކޮށްފައި ވަނިކޮށެވެ.

އާއިލާއިން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭއިން ފަރުވާ ދިނުމަށްފަހު ފަތިހު އައިޖީއެމްއެޗަށް ބަދަލު ކުރި ކަމަށެވެ. އެއަށްފަހު މިއަދު ހެނދުނު 8:00 ހާއިރު ފުލުހުންގެ ކަސްޓޯޑިއަލަށް އަހުތާރު ގެންދިޔަ ކަމަށް އާއިލާއިން ބުންޏެވެ.

Advertisement

ނަމަވެސް, ކަސްޓޯޑިއަލްގައި ހުއްޓައި ފިޓު ޖެހި ހާލަތު ގޯސްވެގެން އަނެއްކާ ހަވީރު 5:00 ހާއިރު އައިޖީއެމްއެޗަށް އޭނާ ގެންދިޔައީ ކަމަށް އާއިލާއިން ބުންޏެވެ. އަހުތާރުއަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަމަށް އާއިލާއިން ބުންޏެވެ.

"ސްޓޭބަލް ކަމަކަށް ގަބޫލެއް ނުކުރަން، އޭނާގެ ބުރަކަށްޓަށް ވެސް ގެއްލުންވެފައި ހުރީ، ބޮލަށް ވެސް ގެއްލުންވެފައި ހުރީ، ހާލަތު އެއްވެސް ވަރަކަށް ކިޔައެއް ނުދޭ، ބުނަނީ ހަމަ ސްޓޭބަލްއޭ ސްޓޭބަލްއޭ،" އާއިލާއިން ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ މިއަދު ހެނދުނު އަހުތާރު ކަސްޓޯޑިއަލަށް ގެންދިޔައިރު އޭނާއަށް ކޮޅަށް ވެސް ނުހުރެވޭ ކަމަށާއި ފުލުހުން އެނާ ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށެވެ.

އަހުތާރުއަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަހުތާރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.

އެ ހާދިސާ ކޮންޓްރޯލް ކުރުމަށް ފުލުހުން އަމަލު ކުރި ގޮތަށް ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު މިއަދު ވަނީ ތައުރީފުކުރައްވައި ހާލަތު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ފުލުހުންނާ ބައްދަލު ކުރައްވައި ޝުޖާއު މިއަދު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއީ އަލަށް ދިމާވި ހާދިސާއެއް ނަމަވެސް ފުލުހުން "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ފުލުހުން ނިންމި ނިންމުން ރަނގަޅުކަމަށެވެ.

ފުލުހުންގެ މަސައްކަތަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ވަނީ ތައުރީފު ކުރައްވައިފަ އެވެ. އެކްސްގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

އަދި، ފުލުހުންގެ މަސައްކަތުން ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރީތީ ސާބަސް ދަންނަވާ ކަމަށް އިހުސާންގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ރޭގެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަނީ އަންހެނެއްގެ ކަރުގައި ވަޅިއެއް ޖައްސައިގެން ހުރެ އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަހުތާރު މާލޭގެ ގެއަކުން ނުކުންނަ މަންޒަރެވެ. އެއަށް ފަހު އެ އަންހެން މީހާ އާއެކު އެތަނުގައި ހުރި ސައިކަލަކަށް އަރައި ސައިކަލު ދުއްވުމަށް އަންހެން މީހާއަށް އަހުތާރު މަޖުބޫރު ކުރެ އެވެ.

އެ ސަރަހައްދު ދޫކޮށް ސައިކަލުގައި އަހުތާރަށް ނުދެވެނީ އެ ސަރަހައްދަށް މީހުން އެއްވެ އެ މަގު ބަންދުވެފައި އޮތުމުންނެވެ. ފުލުހުންގެ އޮފިސަރެއް ގޮސް އަހުތާރުގެ ބޮލުގައި މުގުރުން ޖެހީ އެ މީހުންގަނޑު ކުރިމައްޗަށް ސައިކަލު މަޑުކުރުމުންނެވެ.

އަހުތާރުގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި އޭނާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox