ރޭ ރަހީނުކުރި އަންހެން ކުއްޖާއަކީ ފުލުހެއް

އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު އޭނާ މަރާލާނެ ކަމަށް ބުނެ ފިރިހެން މީހާ އިންޒާރު ދިން -- ފޮޓޯ: އެމްވީކްރައިސިސް

އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު އޭނާ މަރާލާނެ ކަމަށް ބުނެ ފިރިހެން މީހާ އިންޒާރު ދިން -- ފޮޓޯ: އެމްވީކްރައިސިސް

ރޭ ރަހީނުކޮށް ވަޅި ޖައްސައި މީހަކު ބިރުދެއްކީ ފުލުހެއްގެ ކަރުގައިކަން އެނގިއްޖެ އެވެ.

އެ އަންހެން މީހާއަކީ ފުލުހެއްކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ރޭގެ ހާދިސާގައި އެ އަންހެން މީހާއަށް އަނިޔާވި އެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަނީ ފުލުސް އަންހެން މީހާގެ ކަރުގައި ވަޅިއެއް ޖައްސައިގެން ހުރެ އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުން ފިރިހެނަކު މާލޭގެ ގެއަކުން ނުކުންނަ މަންޒަރެވެ.

އެއަށް ފަހު އެ އަންހެން މީހާ އާއެކު އެތަނުގައި ހުރި ސައިކަލަކަށް އަރައި ސައިކަލު ދުއްވުމަށް އަންހެން މީހާއަށް އޭނާ މަޖުބޫރު ކުރެ އެވެ.

އެ ސަރަހައްދު ދޫކޮށް ސައިކަލުގައި އެ މީހުންނަށް ނުދެވުނީ އެ ސަރަހައްދަށް މީހުން އެއްވެ އެ މަގު ބަންދުވެފައި އޮތުމުންނެވެ. ފުލުހުންގެ އޮފިސަރެއް ގޮސް އެ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހީ އެ މީހުންގަނޑު ކުރިމައްޗަށް ސައިކަލު މަޑުކުރުމުންނެވެ.

ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި ފިރިހެން މީހާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.

އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ގޮސް އެ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމުން އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ އެވެ. ނަމަވެސް އޭނާގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox