ބީއެމްއެލް ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ހެދުމަށް ސަރުކާރުން ރާވައި ކުރި މަސައްކަތުން ބޭންކާއި ފުލުހުންގެ އަގު ވެއްޓިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ކާޑުތަކުގެ ލިމިޓު ބަދަލުކުރުމާއެކު ސަރުކާރު ޕްރެޝަރަށް ވެއްޓި އުފެއްދި ނަމަކީ މާލީ ބަގާވާތެވެ. އެ ފަދަ މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކުރުމުގެ ކުރިން ރައީސް އޮފީހުން ވަނީ އެކަމުގައި ނޫސްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޕްރޮޕަގެންޑާ ފަތުރަން ފަށައިފަ އެވެ.
ޕޮލިހުން ނެރުނު ބަޔާން ވެސް ރައްޔިތުންނަށްވީ ބޮޑު ޖޯކަކަށެވެ. އެ ވާހަކަތައް ތިރީގައި މިވާ ލިޔުމުން ކިޔައިލެވޭނެ އެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. އެ ޕާޓީން ބުނީ ފުލުހުންގެ އިދާރާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބަގާވާތެއް ކުރި ކަމަށް ސަަރުކާރުން ތުހުމަތުކުރުމުން، އެ ބޭންކްގެ އިތުބާރާ މެދު ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލުއުފައްދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

އަދި މާލީ ދާއިރާގެ ބޭފުޅުން ދަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.













