ދަ ކޮކޫން ކަލެކްޝަންއިން އެޑީ އެންޖެލީނޯއާ ގުޅިގެން ކައިޓް ފްލައިން ޗެމްޕިއަންޝިޕެއް ހުޅުމާލޭގައި ކައިޓް ފެސްޓިވަލެއް ބާއްވައިފި އެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި އެ ފެސްޓިވަލްގައި އިޓަލީ، ކެނެޑާ، ޗައިނާ އަދި ބްރެޒިލްގެ ބައިނަލްއަގުވާމީ ކައިޓް އާޓިސްޓުން ވަނީ ބައިވެރިވެފަ އެވެ.
އެ އާޓިސްޓުންގެ ހުނަރުތަކުގެ އިތުރުން ބޭނުންކުރި ކައިޓްތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ކޮކޫން ކަލެކްޝަންއިން ހުޅުމާލޭގައި ބޭއްވި ކައިޓް ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ކައިޓް ފެސްޓިވަލްގައި ގިނަ އަދަދެއްގެ އާއިލާތަކާއި، ކުޑަކުދިން ބައިވެރިވެފައިވެ އެވެ.

ބައިނަލްއަގުވާމީ ކައިޓް ފެސްޓިވަލް ޖޯއި އައިލޭންޑްގައި ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖޯއި އައިލޭންޑްގައި ވަނީ ބާއްވާފަ އެވެ.
ދަ ކޮކޫން ކަލެކްޝަންއިން ވަނީ ކައިޓް ފެސްޓިވަލްތައް މީގެ ކުރިން ވެސް ބާއްވާފަ އެވެ. އެގޮތުން ކޮކޫން މޯލްޑިވްސްގައި 2017 އަދި 2018 ގައި އިވެންޓުތައް ބޭއްވި އެވެ.












