ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްސަލަ ކޯޓަށް ވައްދައިފި

މި މައްސަލާގައި ހައްޔަރުކުރި ބައެއް ޖަލު އޮފިސަރުން: ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފި --- ފޮޓޯ: ފުލުހުން

މި މައްސަލާގައި ހައްޔަރުކުރި ބައެއް ޖަލު އޮފިސަރުން: ހައްޔަރުކުރި ކަރެކްޝަންސްގެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާކޮށްފި --- ފޮޓޯ: ފުލުހުން

ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކުރީ ޖޫން 28، ގަ އެވެ. އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ވެސް އޭރު ބަލާފާސްކުރި އެވެ. އޭގެ ތެރެއިން 11 މީހަކު ތަހުގީގު ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މި ތަހުގީގު ހިންގީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ 13 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

ދައުވާ ކުރި މީހުންނާއި ކުރެވޭ ދައުވާތަށް:

  • ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހު އަބްދުއްރަހީމް؛ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ، މަނީ ލޯންޑަރިންގެ ދައުވާ، އަދި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ
  • ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް؛ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ، އަދި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ
  • ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޒިމް؛ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ، އަދި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ
  • ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހއްމަދު ފަތޫހު ފަތުހުﷲ - ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ، އަދި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ
  • ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާގު؛ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ، އަދި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ދައުވާ

މިކަމާ ގުޅިގެން ޖޫން 27، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މައްސަލާގައި ހިމެނޭ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ހައްޔަރުކުރި އަނެއް އަށް އޮފިސަރުންނަށް ދައުވާ ނުކުރީ، ދައުވާ އުފުލޭވަރަށް މިވަގުތު ހެކި ލިބިފައިނުވާތީ ކަމަށެވެ. ނަމަވެސް މި މައްސަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނީ ތަހުގީގު ނިމުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox