ހުލާސާކޮށް އިއްޔެ: ބަންކަރިންގެ ހިދުމަތް ފެށުން ލަސްވުން

ހުލާސާކޮށް އިއްޔެ: ބަންކަރިންގެ ހިދުމަތް ފެށުން ލަސްވުން

ރާއްޖޭގެ އުތުރުގެ މާކަނޑުގައި ދެ ބޯޓު ބާއްވައިގެން ބަންކަރިންގެ ހިދުމަތް މިއަދު ފަށަން ކަނޑައަޅާފައި އޮތަސް، އެކަމަށް ބޭނުންވާ ބޯޓުތައް ނުގެނެވި، ހިދުމަތް ފެށުން އަންނަ މަހަށް ފަސްކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބަންކަރިންގެ ހިދުމަތް އިއްޔެ ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރަން މި އޯގަސްޓު މަހުގެ 6 ގައި ބޭއްވި "މޯލްޑިވްސް-ސެޗުއަން ޓްރޭޑް އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން ކޮންފަރެންސް" ގަ އެވެ.

އެ ކޮންފަރެންސްގައި ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމަކީ މެރިޓައިމް ސިނާއަތް ފުޅާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށާއި "ބަންކަރިން ހިދުމަތް ވެސް މި މަހުގެ 22 ވަނަ ދުވަހު ފެށިގެން ދާނެ،" ކަމަށެވެ.

ބަންކަރިންގެ ހިދުމަތް ދެތިން ހަފުތާތެރޭގައި ފެށޭނެ ކަމަށް ފެބްރުއަރީ މަހު ވެސް ސައީދު ވިދާޅުވި އެވެ. އެއަށް ފަހު، ދެން ވިދާޅުވީ ޖުލައި މަހުގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެ އަމާޒު ހާސިލު ނުވެ، އެންމެ ފަހުން ވިދާޅުވީ އޯގަސްޓު 22 ގައި ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ބޭނުންވާ ބޯޓުތައް ވެސް އަދި ނުގެނެވެ އެވެ.

މާކަނޑުގައި ބާއްވައިގެން ބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ދެ ބޯޓު މިއަދު ރާއްޖެއަށް އަންނާނެ ކަމަށް، އެމްޕީއެލްގެ ސީއޯއީ މުހައްމަދު ވަޖީހު އޯގަސްޓު 8 ގައި ޓީވީއެމްއަށް ވިދާޅުވެފައިވެ އެވެ.

ބަންކަރިން ވިޔަފާރި ކުރަނީ އެސްޓީއޯއިން ނަމަވެސް އެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ އެހެން މަސައްކަތްތަކުގެ ބޮޑު ބަޔެއް ކުރަނީ އެމްޕީއެލްއިންނެވެ. އެ ކުންފުނިން މި މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ.

އުލިގަމުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ. ވަޖީހު ވިދާޅުވީ މި މަހުގެ 21 އަށް މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ބަންކަރިންގެ ހިދުމަތް މިއަދު ނުފެށޭނެ ކަމަށާއި އެ ހިދުމަތް ފެށޭނީ އަންނަ މަހު ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ގެންނަ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ވަންނާނީ މި މަހުގެ 27 ގައި ކަމަށާއި ދެ ވަނަ ބޯޓު އަންނާނީ ސެޕްޓެމްބަރު 11 ގައި ކަމަށެވެ.

ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލް އެވެ.

ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. އެސްޓީއޯއާއެކީ ޓާމްޝީޓެއްގައި ސޮއިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައި ރާއްޖެ ހިމަނާފަ އެވެ.

އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ. ސަރުކާރުން ބުނަނީ މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރުގެ ތެރޭގައި ވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox