ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޔުނިސެފުން 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިއްޖެ

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވަޒީރުންގެ މަޖިލީހުގައި: މި ގްރާންޓު ބޭނުންކުރާނީ ތައުލީމު ދާއިރާ ހަރުދަނާ ކުރަން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ:ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވަޒީރުންގެ މަޖިލީހުގައި: މި ގްރާންޓު ބޭނުންކުރާނީ ތައުލީމު ދާއިރާ ހަރުދަނާ ކުރަން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ:ރައީސް އޮފީސް

ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކޮށް ކުރިއެރުވުމަށްޓަކައި ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ވޯލްޑް ބޭންކުން ރާއްޖެއަށް 9.5 މިލިއަން އެމެރިކަން ޑޮލަރުގެ ގްރާންޓެއްް ދީފި އެވެ.

މިއަދު ހެނދުނު ބޭއްވި "ތައުލީމީ އިންގިލާބީ ބަދަލު" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ފައިސާއަކީ މުހިންމު އަދި ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ.

ޖީޕީއީ އިން ޔުނިސެފް އާއި ގުޅިގެން ސިސްޓަމް ޓްރާންސްފޯމޭޝަނަށް ފަސް މިލިއަން ޑޮލަރު ދީފައިވެ އެވެ. މި ފައިސާ ބޭނުންކުރަނީ ޓީޗަރުން ތަމްރީނު ކުރުމަށާއި، ކިޔެވުމުގެ މާހައުލަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށެވެ. އަދި ކަރިކިއުލަމް ބަދަލުކުރުން ވެސް މީގެތެރެއިން ކުރިއަށް ދާނެ އެވެ.

ތިން މިލިއަން ޑޮލަރަކީ ވޯލްޑް ބޭންކްގެ ފަރާތުން ހަމަޖެއްސެވި މަލްޓި ޕްލޭޔާ ގްރޭންޓެކެވެ. މި ފައިސާއަކީ ތައުލީމީ ނިޒާމްގެ ހުރިހާ ވިއުގަތަކެއް ގުޅުވާލުމަށް ކުރާނެ މަސައްކަތެކެވެ. ޓީޗަރުންނާއި ދަރިވަރުންގެ މައުލޫމާތުތައް ވެސް މީގެތެރެއިން އެއްކުރެވި ކަންތައްތައް ނިންމުމަށް ފަސޭހަވެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ބާކީ 1.5 މިލިއަން ޑޮލަރުން ތައުލީމީ ދާއިރާ ހިންގުމުގެ ބައި ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އޭގެއިތުރުން އިންސްޓިޓުޝަންތައް ހަރުދަނާކޮށް އެތަންތަނަށް ބޭނުންވާ ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

ތައުލީމީ ނިޒާމު ކުރިއެރުވުމަށް މި ލިބުނު ގްރޭންޓުތަކުގެ ސަބަބުން ހުރިހާ މައްސަލަތަކެއް ހައްލުވާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. އަދި ދަރިވަރުންގެ ނަތީޖާތައް ރަނގަޅުވެ، ޓީޗަރުން މަދުވުމުގެ ޝަކުވާތަކުގެ ހައްލު ވެސް މިކަމުގެ ސަބަބުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox