ހަރަދު ކުޑަކޮށް، ފިޔަވަޅުތައް އަވަސް ނުކޮށްފި ނަމަ ގައުމު އިނދަ ޖެހޭނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ:މަޖިލީހުގެ އިދާރާ

ދިވެހިރާއްޖެ މާލީ ގޮތުން ވެއްޓިފައިވާ އަނދަވަޅު ސަލާމަތް ވުމަށްޓަކައި ހަރަދު ކުޑަކޮށް، އަދި އަޅަންޖެހޭ އެހެން ހުރިހާ ފިޔަވަޅުތައް ވެސް އަވަހަށް އަޅަންޖެހޭ ކަމަށާއި އެހެން ނޫނީ ގައުމު އިނދަ ޖެހުމުން [ބަނގުރޫޓުވުމުން] ސަލާމަތް ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ކުރިއަށް ގެންދިޔަ އާބަން ޑިވެލޮޕްމެންޓު ބިލްގެ ބަހުސްގައި ގާސިމް ވިދާޅުވީ ދައުލަތުގެ ދަރަނި 130 ބިލއަން ރުފިޔާއާ ކައިރިކޮށްފި ކަމަށާއި، އެ ދަރަނިން ސަލާމަތް ވެވޭނީ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަވަހަށް އަޅައިގެން ކަމަށެވެ.

"ސަރުކާރުން ވެސް ހަރަދު ކުޑަކުރެވެން އޮތް ހުރިހާ ދިމާލަކުން ހަރަދު ކުޑަކުރައްވައިގެން، އަޅުގަނޑުމެން ދެ އަހަރެއްހާ ދުވަހަށ،ް ދޮޅު އަހަރެއްހާ ދުވަހަށް ނަމަވެސް ހަމަ އަޅުގަނޑުމެން ކަމަރުތައް ބާރުކޮށްލައިގެން އަޅުގަނޑުމެން ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަސް މި އޮތީ ކައިރިވެފަ،" މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން ހަރަދު ކުޑަ ނުކޮށްފި ނަމަ ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ފައިސާ ނުފޮނުވޭނެ ކަމަށާއި ބޭސް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ދާން ބޭނުން ވިޔަސް، ރާއްޖޭން ބޭރަށް ދާނެ ޑޮލަރު ނުލިބޭ ހިސާބަށް ކަންކަން ގޯސްވެގެން ދާނެ ކަމުގެ އިންޒާރު ގާސިމް ދެއްވި އެވެ.

"ފޮރިން އެކްސްޗޭންޖު ކަރަންސީއެއް ނުލިބޭނެ. މިހެން މިހާލަތަށް ދިޔައިމާ އެ ލިބޭ ނިކަމެތިކަން މާބޮޑުވާނެ،" ގާސިމް ވިދާޅުވި އެވެ.

އެ ހާލަތު ދިގުދެމިގެން ހިނގެއްޖެ ނަމަ، ކުރިމަތިވާ ދަތި މާ ބޮޑުވާނެ ކަމަށާއި، އެހެންވެ، އެހިސާބަށް ދިޔުމުގެ ކުރިން ދަތިކަމުން އަރައިގަތުމަށް އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިގައުމު މި ހާލަތަށް ދިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކޮށް އޮތުން ހިމެނޭކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ މި ދަތިކަމުން އަރައި ގަތުމަށް މަޖިލީހުން މަސައްކަތް ނުކޮށްފި ނަމަ، އަދި އެއްބާރުލުން ފުރިހަމަ އަށް ނުދީފިނަމަ ދަތި އުނގަލުން އަރައި ނުގަނެވޭނެ ކަމަށެވެ.

"އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން މެނުވީ އަޅުގަނޑުމެން ސަލާމަތެއް ނުވެވޭނެ އިނގޭތޯ،" ގާސިމް ތަކުރާރުކޮށް އިންޒާރު ދެއްވި އެވެ.

ޑޮލަރު ލިބެނީ ވެސް ބްލެކް މާކެޓުގައި ވިއްކާ މީހަކު ވިއްކި އަގަކަށް ކަމަށާއި، ސަރުކާރުގެ ކުންފުނިތަކަށް ވެސް ޑޮލަރު ގަންނަން ޖެހިފައިވަނީ ބްލެކް މާކެޓުން ކަމަށާއި، ނަމަވެސް އެކަން ވެސް ނޭނގޭ ކަމަށް ހަދައިގެން ތިބެނީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް އިނގިލި ދިއްކޮށްގެން މިގޮތަށް ފިތުނަވެރިކަމުގެ ހުޅުގަނޑު ރޯކުރީމާ އެ ދަންމަރުގައި ހިފައިގެން ދުވަން ތިބީ ކޮންބައެއްތޯ؟،" ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކާ ޒާތީ ނުވެ، ގައުމުގެ ހާލަތު ރަނގަޅުކުރަން ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމިއްލައަށް ދެއްތޯ ހަލާކުވުމުގެ ތެރެއަށް މިދަނ.ީ އެހެންވީމ،ާ އަޅުގަނޑުގެ އާދޭހަކީ އިއްޒަތްތެރި މެންބަރުންނ،ޭ ފިކުރުވެރިކަމާއި ހަމަ އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްގެނ،ް އަޅަންޖެހޭ ފިޔަވަޅެއް ސަރުކާރުން ވެސް ވަގުތުން ވަގުތަށް އަޅައ،ި ލަސްނުކުރައްވާށ.ޭ ލަސްކުރައްވައިގެން ނެތޭ ސަލާމަތެއް. ހަރަދުކުޑަކުރައްވާށޭ ދައުލަތުގެ، ކުޑަކުރެވެން އޮތް ހުރިހާ ދިމާލަކުން ކުޑަކޮށްގެން ވެސް މި ދަރަނިތަކުން ސަލާމަތްވަން އަޅުގަނޑުމެން އެބަޖެހ.ޭ"

އަދި އެހެން ބައެއްގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް ބަލައިގެން ތިބެން ވެއްޖެ ނަމަ ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށާއި އެގޮތަށް ތިބެން ވެއްޖެ ނަމަ "އިނދަޖެހި ވަޅުގަނޑަކަށް ވެއްޓިގެން ހިނގައިދާނެ" ކަމަށް ވެސް ގާސިމް އިންޒާރު ދެއްވި އެވެ.

މާލީ ހާލަތު ގޯސްވެ، ބޭނުން ކުރެވޭ ރިޒާވް އިންތިހާއަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި ސަރުކާރުގައި ފައިސާ ނެތި، މަޝްރޫއުތައް ވަނީ ހުއްޓައިލައިފަ އެވެ. މި ހާލަތަށް ގައުމު ދިޔައިރު ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ދަށްކުރާކަށް މަސައްކަތެއް ނުކުރައްވަ އެވެ.

މިފަދަ ދަނޑިވަޅެއްގައި އެއްބާރުލުން ނުދީ ހަޅުތާލުކުރަން ފަށައިފި ނަމަ، ހާލަތު ދާނީ ގޯހުން ގޯހަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox