ހުލާސާކޮށް އިއްޔެ: ތިލަފުށިން ނުއަގުގައި ބިން ދޫކުރާކަށް ނުޖެހޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

މި ސަރުކާރުން ނުއަގުގައި ބިން ދޫކުރަމުން ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ގޮވައިލެއްވި އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނުގެ ދައުރުގައި ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް ވިއްކާލާފައިވާ ކަމަށެވެ. އެ މުއާމަލާތުން ފައިދާވި މީހުން ވެސް ނޭނގޭ ކަމަށާއި އެކަން މި ސަރުކާރަށް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރުން އެއަށްވުރެ ބޮޑަށް އެކަން އެބަ ކުރެޔޭ. ތިލަފުށީގައި 15ރ. އަށް އަކަފޫޓަކަށް ހުރި ބިން މިއަދު ވިއްކަނީ [ކުއްޔަށް ދެނީ] 5ރ. އަށް އަކަފޫޓެއް. ދެން ކިހިނެއްތޯ މި މައްސަލަތައް ބަލާނީ," ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ތިލަފުށިން ނުއަގުގައި ބިން ވިއްކައި ހުއްސްކޮށްގެން ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތޯ ވިދާޅުވެ ޔާމީން ސުވާލު ކުރެއްވި އެވެ.

"މިއީ އިގުތިސޯދީ ގޮތުން ދަތި ދުވަސްތަކެއް. ނުޖެހޭ ބިން ވިއްކާކަށް ނުއަގުގައި. ލޭންޑް ޕްރައިސްއަކީ އަބަދުވެސް އެޕްރެއިސް ވާނެ އެއްޗެއް. ދަށަކަށް ނުދާނެ އިނގޭތޯ," ޔާމީން ވިދާޅުވި އެވެ.

އެ މުއާމަލާތުގެ ތެރޭގައި ނުސީދާކޮށް މޭޒުގެ ދަށުން ކަންކަން ހިނގާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަތައް ބަލާނެ މުއައްސަސާތަކެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަމޭ މި މައްސަލަތައް ބެލޭނެ ކަމަށް. ކީއްވެގެންތޯ އޭސީސީއަށް ވަންނަ އެއްވެސް މައްސަލައެއް, ދަފްތަރު ނަންބަރެއް, ނޫނީ ސުމާރު ނަންބަރެއް ކޭސް ނަންބަރެއް ދިނުން ފިޔަވައި ކުރާ ކަމެއް ނެތެއް ނޫންތޯ," ޔާމީން ވިދާޅުވި އެވެ.

ރައްުޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް އޮތް އިރު ރައްޔިތުންގެ ހައްގުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު ވާހަކަ ދައްކާނެ މެންބަރުން ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ކުއްޔަށް ދޭން ހުޅުވައިލީ، ސަރުކާރުން ބޭނުންވި ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށް ފަހުކަން "އަދަދު" ނޫހުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ހުޅުވައިލީ ނިމިގެން ދިޔަ ޖުލައި މަހު އެވެ. ނަމަވެސް އޭގެ ކުރިން ގާތްގަނޑަކަށް 70 ވަރަކަށް ބިން، ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް އަގުހެޔޮ ރޭޓެއްގައި ދޫކޮށްފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އެ ބިންތައް ދޫކުރީ އިއުލާނު ކުރުމެއް ނެތި، ހަމައެކަނި ހުށަހެޅި ސިޓީއަކަށެވެ. ސިޓީ ހުށަހެޅި ފަރާތްތަކަށް އަކަފޫޓަކަށް 5ރ. ގެ ރޭޓުން ބިން ދޫކުރިއިރު، މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކުރަނީ އަކަފޫޓެއް 8ރ. އަށެވެ. އިއުލާނުގެ ދަށުން ދޫކުރާ ބިންތަކުގެ އެހެން ރޭޓުތައް ވެސް ދެގުނަ ބޮޑެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox