ހުލާސާކޮށް އިއްޔެ: ހުޅުމާލޭ އާބަން އައިލްގައި ހޮޓާ އަޅަން ކުރި އިއުލާނު ބާތިލް

އާބަން އައިލްގައި ހޮޓާ ތަރައްގީކުރަން ދޫކުރާ ސަރަހައްދުގެ ކުރެހުމެއް: މި ސަރަހައްދު ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް ގޮތަށް -- ކުރެހުން: އެޗްޑީސީ

އާބަން އައިލްގައި ހޮޓާ ތަރައްގީކުރަން ދޫކުރާ ސަރަހައްދުގެ ކުރެހުމެއް: މި ސަރަހައްދު ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް ގޮތަށް -- ކުރެހުން: އެޗްޑީސީ

ހުޅުމާލޭ އާބަން އައިލްގައި މެދު ފަންތީގެ ތިން ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއްޔެ އިއުލާނުކުރިތާ 24 ގަޑިއިރު ނުވަނީސް، އެ އިއުލާން ބާތިލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމ ހަބަރު އިއްޔެ ރިޕޯޓުކުރި އެވެ

އިއުލާން ބާތިލުކުރި ސަބަބާ ގުޅޭ ގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް ނުލިބުނަސް، އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިއުލާން ބާތިލުކުރީ ވިޔަފާރިވެރިއެއްގެ ނުފޫޒުން، ސަރުކާރުން އަންގައިގެންނެވެ.

އެޗްޑީސީން ފުރަތަމަ ކުރި އިއުލާނުގައި އޮތީ ލޭންޑް ލީސް މޮޑެލްގެ ދަށުން ވިޔަސް އަދި އެ ނޫން މޮޑެލްއަކުން ވިޔަސް ބިންތައް ދޫކޮށްގެން، ބިން ނަގާ ފަރާތުން އެތަން ތަރައްގީކުރާ ގޮތަށެވެ. އަދި ޕްރޮޕޯސަލްތައް ހުށަހެޅުމުގައި ބަލާނީ ބިޒްނަސް މޮޑެލްއަށާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނޫހަށް މައުލޫމަތު ދިން މީހާ ބުނި ގޮތުގައި ނުފޫޒުން އިއުލާން ބާތިލުކުރުވީ އެ ސަރަހައްދު އެއްކޮށް ތަރައްގީކުރަން ވިޔަފާރިވެރިޔާ ބޭނުންވެގެންނެވެ. މިހާރު އެ ސަރަހައްދުން ބިން ދޫކުރާ ގޮތަށް އޮތީ ތިން އޮޕަރޭޓަރުންނަށް ތިން ބިން ވަކިން ދޭ ގޮތަށެވެ.

އާބަން އައިލްގެ އަތިރިމައްޗާ ދިމާލަށް، ޝެރަޓަން ފުލް މޫން ރިސޯޓު ފެންނަ ގޮތަށް އޮންނަ މި ބިމަކީ ހުޅުމާލޭގެ އެންމެ ޕްރައިމް އެއް ބިމެވެ. ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް މުސްތަގުބަލުގައި އެތަނަށް ސީޕްލޭން ޓާމިނަލް ބަދަލުކޮށްފި ނަމަ އެ ބިމުގެ އަގު މިހާރަށް ވުރެ ވެސް މަތިވާނެ އެވެ.

މީގެ ކުރިން ވެސް އެޗްޑީސީން ވަނީ މި ސަރަހައްދުގައި ބުޓީކް ހޮޓަލާއި ގެސްޓުހައުސް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މިއިން އެއްވެސް އިއުލާނެއްގެ ދަށުން ބަޔަކާ އެއްބަސްވުމަކަށް އައިސް، މަސައްކަތް ހަވާލުކުރިކަމަކަށް އެޗްޑީސީން އަދި ނުބުނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox